މިނިސްޓަރު ދިއްދޫއަށް ކުރައްވާ ދަތުރުފުޅުގައި ޖޫނިއާ ކޮލެޖާއި ގުޅޭގޮތުން ދިއްދޫ ކައުންސިލާ ބައްދަލުކުރައްވައި ވަނީ މަޝްވަރާކުރައްވާފައެވެ.
މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އެއް އަމާޒު ކަމަށާއި ކޮވިޑުގެ ދުވަސްވަރުވެސް ތައުލީމަށް ކުރައްވާ ހޭދަ ސަރުކާރުން ހުއްޓާ ނުލާކަމަށް މި މަޝްވަރާތަކުގައި މިނިސްޓަރު ވިދާޅުވިއެވެ.
ދިއްދޫ ޖޫނިއާ ކޮލެޖްގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް ނިމި، ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިންމާފައެވެ.
މިގެއިތުރުން ހިންގަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު، ކިޔަވައިދޭނެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާކަމަށް ހަޔައެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.