މިހާރު ސޯޝަލް މީޑިއާގައި ވައިރަލްވަމުން އަންނަ ވީޑިއޯއިން ފެންނަގޮތުން އެ މިޔަރު ލައްގާފައި ނުވަތަ ބާނާފައި އޮތީ ކޮންމެވެސް ބަޔަކު އެ މިޔަރަށް ގޯނާ ކުރުމުގެ ސަބަބުންނެވެ.
މިޔަރު ސަލާމަތްކުރި އިރު މިޔަރުގެ އަނގައިގައި ބޮޑު ބުޅިއެއްވެސް ހުއްޓެވެ.
"ފުލުހުންނަށް ގުޅަން ހިނގާ،" އެ ވީޑިއޯ ކުރި މީހަކު ބުނާ އަޑުއިވެއެވެ. ނަމަވެސް އެ ވީޑިއޯގައި ފެންނަ ދެ ޒުވާން ފިރިހެނުން ވަނީ ހަތް ވަރަކަށް ފޫޓުގެ އެ މިޔަރު އަމިއްލައަށް ފުންކޮށްފައެވެ.
ބެލެވޭގޮތުގައި އެ މިޔަރަކީ ނިދަން މިޔަރެވެ.
މިޔަރު ހިމާޔަތްކުރުމާއެކު އޮސްޓްރޭލިއާގައި ވެސް ގިނަ އަދަދަކަށް މިޔަރުގެ އާބާދީ ވަނީ އިތުރުވެފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ރަތް ކަނޑުގައި ފަތަން އުޅުނު ރަޝިޔާ ފަތުރުވެރިއެއް މިޔަރެއް ވަނީ ކާލާފައެވެ.