
ކުޅުދުއްފުށީ ސިޓީ ކައުންސިލް މެންބަރު އަހްމަދު އަބްދުﷲ ސީއެންއެމްއަށް ވިދާޅުވީ އެސިޓީގެ ބަނދަރުގެ މަސައްކަތަކީ މިސަރުކާރު ފެށުނުއިރު ގާތްގަނޑަކަށް ނިމުމަކާ ގާތަށް ގޮސްފައިވާ މަސައްކަތެއް ކަމަށާއި، އެހެންނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އެ މަސައްކަތް ނިންމާލެވިފައި ނުވާ ކަމަށެވެ.
ކުޅުދުއްފުށީގައި ހަދާފައިވާ ބަނދަރުގެ މައްސަލަ ޖެހިފައިވަނީ ސެޕްރޭޝަން ވޯލްގައެވެ. ސަރުކާރުން ބުނަނީ އެއީ ޑިޒައިން ކުރުމުގެ މައްސަލައެއް ކަމަށެވެ. އެހެންވެ ވޯލްގެ ދެ ފަރާތުން ޖެއްސީ ހިލައެވެ. އެހެން ހެދުމުގެ ސަބަބުން އޮއި ދެމޭ ގޮތަށް ހެދުމަށްޓަކައި އަޅާފައިވާ ލޯވަޅުތައް ބެދި އޮއެ ދެމުން ވަނީ ހުއްޓިފައެވެ.
ކައުންސިލުން ބުނީ ސެޕަރޭޝަން ވޯލަގެ ދެފަރާތުން ހިލަ ޖެއްސުމުގެ ސަބަބަުން ފަޅުތެރެ ކިލަނބުވުމުގެ އިތުރުން ލޯންޗުފަހަރަށްވެސް ގާތްކުރެވޭނެ ގޮތެއް މިހާރު ނެތް ކަމަށެވެ.