
އަމިއްލަފުޅު ޓީވީޗެނަލް ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް އިބްރާހިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީއާއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަޑައިގަތުމަށް އެގްރީމަންޓު ހަދަން ރައީސްނަޝީދުގެ ޓީމަކުން ސަން އައިލެންޑަށް ވަޑައިގެން މަޝްވަރާ ކުރެވުނުކަމަށެވެ.
ނަމަވެސް ދެކެވުނު ވާހަކަތަކުން ކުރެވުނީ ގާސިމް އިބްރާހިމަކީ ރައީސް ނަޝީދު ވެރިކަމަށް "މަގޮކޮށަން ބޭނުންކުރާނެ މީހެއް" ކަމުގެ އިހުސާސްކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސަން އައިލެންޑަށް ރައީސް ނަޝީދުގެ ޓީމުން ވަޑައިގެން ދެ ފަހަރަކު ވާކަދެކެވުނުކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަ ދަށުން ދިމާވެގެން ވެސް ވާހަކަ ދެކެވުނުކަމަށެވެ.
ގާސިމް އިބްރާހިމް އަށް ރޭ ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގެ ޓިކެޓު ރަސްމީކޮށް އަރުވާފައެވެ. އަދި ރައީސް ނަޝީދު ވަނީ ގާސިމް އިބްރާހިމަށް މަރުހަބާ ދަންނަވާފައެވެ.
ބޮޑަށް ބެލެވޭގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް ނަޝީދާއި ގާސިމް ކުރިމަތިލައްވާނީ ވަކިވަކިންނެވެ.