ads
ޖޮކޮވިޗް
ފްރެންޗް އޯޕަންގެ ފައިނަލަށް ޖޮކޮވިޗް
ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ސްޕެއިނުގެ ކާލޯސް އަލްކަރާޒް ބަލިކޮށް، ސާބިއާގެ ނޮވަކް ޖޮކޮވިޗް ހަތް ވަނަ ފަހަރަށް ފްރެންޗް އޯޕަން މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ފައިނަލުގައި ޖޮކޮވިޗް ބައްދަލުކުރާނީ ނޯވޭގެ ކެސްޕާ ރޫޑްއާ އެވެ. އަލްކަރާޒް އަތުން ޖޮކޮވިޗް މޮޅުވީ 6-3 5-7 6-1 6-1 އިންނެވެ. ފައިނަލުގައި ޖޮކިވިޗް ކުޅެން ޖެހޭ، ހަތަރު ވަނަ އަށް ސީޑްކޮށްފައިވާ ރޫޑް ފައިނަލަށް ދިޔައީ ސެމީގައި ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް އަތުން 6-3 6-4 6-0 އިން މޮޅުވެގެންނެވެ.

މި ފަހަރުގެ ފްރެންޗް އޯޕަން ކާމިޔާބުކޮށްފިނަމަ، ޖޮކޮވިޗަށް 23 ވަނަ ގްރޭންޑް ސްލޭމް ހަމަކޮށް، އެންމެ ގިނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބު ކުރުމުގެ ރެކޯޑް ގާއިމްކުރެވޭނެ އެވެ. 

މި ވަގުތު ނަޑާލާއި ޖޮކޮވިޗް ކޮންމެ ކުޅުންތެރިއަކު އޮތީ 22 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްގެން އެއްވަރުވެފަ އެވެ. ފްރެންޗް އޯޕަން ފައިނަލަކީ ޖޮކޮވިޗްގެ 34 ވަނަ ގްރޭންޑް ސްލޭމް ފައިނަލެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް