ads
އިންޓަމިލާން - ސިޓީގެ ފައިނަލް މެޗު މިރޭ
ޗެމްޕިއަންސް ލީގު ނަގާނީ ކޮން ބައެއް؟
ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މެންޗެސްޓާ ސިޓީ އާއި އިންޓަރ މިލާނުން މިރޭ ވާދަކުރާނެއެވެ. ފައިނަލް މެޗު ކުޅޭނީ ތުރުކީވިލާތުގެ އިސްތަންބޫލްގެ އަޓަޓަރކް ސްޓޭޑިއަމުގައެވެ.

ދެ ޓީމަކީވެސް ޔޫރަޕުގެ ވަރުގަދަ ދެ ބާރެވެ. އެއްކޮޅުން ނުކުންނަ މެންޗެސްޓަ ސިޓީއަކީ ޔޫއެފާ ޗެމްޕިއަންސް ލީގު ތާރީހުގައި ފުރަތަމަ ފަހަރަށް އެ މުބާރާތް ކާމިޔާބުކުރަން ނުކުންނަ ޓީމެކެވެ. ޔޫރަޕްގެ ޗެމްޕިއަންކަން އިންޓަމިލާނުން ތިން ފަހަރު ހޯދާފައިވެއެވެ.

ރާއްޖޭ ގަޑިން މިރޭ 12 ޖަހާއިރު ފެށޭ ފައިނަލަށް މި ދެ ޓީމު ނުކުންނައިރު، ސިޓީއާއި އިންޓަރވެސް ސީޒަންގައި މި ހިސާބަށް އައިސްފައިވަޏީ ވަރަށް ފޯމުގައި ތިބެގެންނެވެ. ސިޓީއިން އިނގިރޭސި ޕްރިމިއަރ ލީގުގެ އިތުރުން އެފްއޭ ކަޕްގެ ތަށި ކާމިޔާބުކޮށްފައިވާއިރު، އިންޓައިން ސީޒަން ނިންމާލީ އިޓާލިއަން ލީގުގެގެ ތިންވަނައާ އިޓާލިއަން ކަޕުގެ ތައްޓާއެކުއެވެ.

މެންޗެސްޓަރ ސިޓީ ފުރަތަމަ ފަހަރަށް ތަށި ހޯދުމުގެ އަޒުމުގައި

ސިޓީ ވަނީ 2021 ވަނަ އަހަރު ޗެލްސީއާ ދެކޮޅަށް ކުޅެ ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވެފަ އެވެ. މި ފަހަރުގެ ފައިނަލަށް ސިޓީ ދިޔައީ މެޗަކުން ބަލިނުވެ އެވެ. އެންމެ ފަހުން ކުޅުނު 26 މެޗުގެ ތެރެއިން ސިޓީ ބަލިވީ އެންމެ މެޗަކުންނެވެ. ޗެމްޕިއަންސް ލީގުގެ ތައްޓަކީ މިހާތަނަށް ސިޓީއަށް ކާމިޔާބު ނުކުރެވޭ ތައްޓެކެވެ. އެހެން ކަމުން މިތަށި ކާމިޔާބު ކުރުމަށް ސިޓީއިން ވަރަށް ބޮޑަށް ވަނީ ބޭނުންވެފައެވެ.

"ޗެމްޕިއަންސް ލީގަކީ އެންމެ ޝަރަފްވެރި މުބާރާތް. އެ މުބާރާތް ކާމިޔާބުކުރުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް. މީގެ ދެ އަހަރު ކުރިން ޗެލްސީއާ ދެކޮޅަށް އަހަރަމެން ނުކުތީ ޕްލޭނަކާއެކު. އެކަމަކު އެ ޕްލޭން މަސައްކަތެއްނުކުރި. މި ފައިނަލަށް ވެސް އަހަރަމެން ނުކުންނާނީ ޕްލޭނަކާއެކު. އަހަރަމެން މިތިބީ ތައްޔާރަށް.މީގެ ކުރިން ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ސިޓީގެ ކޯޗު ގާޑިއޯލާ

އިންޓަމިލާން ހަތަރުވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން 

އިޓަލީގެ ގަދަބާރު، އިންޓަ އިން އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 2010 ވަނަ އަހަރެވެ. އިންޓަ އިން މިރޭގެ ފައިނަލަށް ނުކުންނާނީ އެ ކްލަބުގެ ތާރީހުގައި ހަތަރު ވަނަ ފަހަރަށް ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބު މުބާރާތް ކާމިޔާބު ކުރުމަށެވެ. އިންޓަ އިން ވަނީ މި ސީޒަންގައި އިޓާލިއަން ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ކްލީން ޝީޓް ހޯދާފައިވަނީ އިންޓަރއެވެ. މިގޮތުން އަށް މެޗްގައި ބައިކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ. އަދި އެޓީމްގެ ކީޕަރ އަންޑްރޭ އޮނާނާ ހުރީ ވަރަށް ރަނގަޅު ފޯމެއްގައެވެ.

އަދި އިންޓަރގެ ފޯވަޑް ލައިނަކީވެސް އިދިކޮޅު ކޮންމެ ޓީމަކުންވެސް ޖެހިލުން ކޮށްލާވަރުގެ ފޯވަޑް ލައިނެކެވެ. މިގޮތުން މިސީޒަންގައި 28 ލަޏޑު ޖަހާ އެގާރަ އެސިސްޓް ލައުޓާރޯ މާޓިނޭޒް ދީފައިވާއިރު، ސިޓީގެ ކުރީގެ ތަރި އެޑިން ޖެކޯ އާއި ރޮމެލޫ ލުކާކޫއަކީ ސިޓީގެ ކުޅުން ވަރަށް ރަނގަޅަށް ދަންނަ ނުރައްކާތެރި ދެފޯވަޑުންނެވެ. އިންޓަރގެ ކޯޗް ސިމޯނީ އިންޒާގީ ހާމަކުރިގޮތުގައި މިއީ އޭނާގެ ކެރިއަރުގެ އެންމެ މުހިންމު މެޗެވެ. އަދި މާޓިނޭޒް ހާމަކުރިގޮތުގައި އޭނާގެ އުންމީދަކީ މޮޅު ކުޅުމެއް ދައްކާ ޗެމްޕިއަންސް ލީގުގެ ތަށި މިލާނަށް ގެންދިއުމެވެ.

އަހަރެންނަށް އެނގޭ މި މެޗު ފަސޭހަ ނުވާނެކަން. އެކަމަކު އަހަރުމެން އެކަތި ގަނޑެއްގެ ގޮތުގައި ކުރި މަސައްކަތުން މިހިސާބަށް އާދެވުނީވެސް. އެހެންވީމާ ހަމަ އެ ގޮތަށް އެކަތި ގަނޑެއްގެ ގޮތުގައި އަހަރުމެންނަށް މި ތަށި ކާމިޔާބު ނުކުރެވެންވީ ސަބަނެއް ނެތް. އަހަރެން ބޭނުންވަނީ ތާރީހީ އާ ސޮފްހާއެއް މިރޭ ލިޔަން. އިންޓަގެ ކޯޗު ކޯޗު ސިމޯން އިންޒާގީ

އިންޓަރމިލާން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިޔައީ 2010 ވަނަ އަހަރު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައެވެ. އެ ފަހަރު އިންޓަރ ތަށި ހޯދީ ފައިނަލްގައި ބަޔާން މިއުނިކް ބަލިކޮށްގެންނެވެ. 

ސިޓީ އާއި އިންޓަ ބައްދަލުކުރާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް