ads
ކުދިން ހޯދި މީހުން އެ ކުދިންނާއެކު
މަތިންދާ ބޯޓެއް ވެއްޓުނުތާ 40 ދުވަސް ފަހުން ދިރިހުރި ހަތަރު ކުދިން ހޯދައިފި
ބޯޓެއް ވެއްޓުނުތާ 40 ދުވަސް ފަހުން ކޮލަމްބިއާގެ ޖަންގަލީގައި ދިރިތިބި ހަތަރު ކުއްޖަކު ފެނިއްޖެ އެވެ

ކޮލަމްބިއާގެ ޖަންގަލީގައި ހަތަރު ކުއްޖަކު ދިރިތިއްބާ ފެނުނީ މިދިޔަ ހުކުރު ދުވަހުއެވެ. ބޯޓެއް ވެއްޓި އެ ކުދިންގެ މައިންބަފައިންނާއި އިތުރު 16 މީހަކު މަރުވިކަމަށް ނިންމިތާ 40 ދުވަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އުމުރުން 13، 9، 4، އަދި 12 މަހުގެ މި ކުދިން ފެނިފައިވަނީ ވެނެޒުއެލާގެ ބޯޑަރު ކައިރީގައި އޮންނަ ކެޓަޓޫމްބޯ ސަރަހައްދުގެ ޖަންގަލީގެ ތެރެއިން ސާޗް ޕާޓީއަކަށެވެ.

އެމީހުން ބަލިކަށިވެ ފެން މަދުވެގެން ޑީހައިޑްރޭޓްވެފައިވީ ނަމަވެސް އެހެން ގޮތަކަށް އެއްވެސް ގެއްލުމެއް އެކުދިންނަށް ވެފައިހުރިތަނެއް ނުފެނެއެވެ. 

މޫސުން ގޯސްވެ ބޯޓު ވެއްޓުނު އިރު އެ ބޯޓު ވެއްޓުނީ ކުދިންގެ މައިންބަފައިން ހިމެނޭ ގޮތަށް 20 މީހުންނެވެ. 

ކޮލަމްބިއާ ހޮސްޕިޓަލަކަށް ގެންގޮސްފައި ވަނީ ޑީހައިޑްރޭޝަން އާއި ކާނާ ލިބުން ދަތިވުމުގެ ސަބަބުން އެ ކުދިންނަށް ފަރުވާ ދެމުންނެވެ. އެ ކުދިންގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. ކުދިންގެ މިހާރު ބަލަހައްޓަނީ އެކުދިންގެ ބޮޑުދައިތައެވެ. 

މި ކުދިން ފެނުމުން ކޮލަމްބިއާއަށް އުފާވެރިކަން ގެނެސްދީފައިވާއިރު، ބޯޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އެކަމުގެ އުއްމީދު ވަނީ އާވެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް