
އަސްލަމް މިހެން ވިދާޅުވީ އީވާގެ މައްސަލަ އެޖެންޑާކުރުން ފަސްކުރެވިފައިވަނީ މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާއިއެކު މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލެވެންދެއް ކަމަށާއި ކޮމެޓީތައް އެކުލަވާ ނުލެވިވަނީ އެކަމަށް ވޯޓަށް އަހަން އޮތްދުވަހު، ކޮމެޓީތައް އެކުލަވާލުން ފަސްކުރުމަށް އަސްލަމް އެދިވަޑައިގެންނެވުމުން ކަމަށް ވިދާޅުވެ މަޖިލީހުގެ އަމީންއާއްމު ފޮނުއްވި ސިޓީއަށް ދެއްވި ޖަވާބުގައެވެ.
މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއަށް އަސްލަމް މިރޭ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާގޮތުން މަޖިލިސް އެކުލަވާލުމަށްފަހު ހިނގާ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރަން ޖެހޭއިރު މަޖިލީހުގެ ދާއިމީ ކޮޓީތައް އަބަދުވެސް ދެމިއޮންނާނެކަން މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ.
އަސްލަމް މީގެކުރިން މަޖިލީހުގައި ނޫސްވެރިންނަށް މައުލޫމާު ދެއްވަނީ
އަދި ރައްޔިތުންގެ މަޖިލހުގެ ގަވާއިދުގެ 130 ވަނަ މާއްދާއާއި 131 ވަނަ މާއްދާގައި ކޮމިޓީތަކުގައި ތިބޭ މެންބަރުން އެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީ ވަކިވުމުން އަމަލުކުރަން ޖެހޭ ހަމަ ބަޔާންކޮށްފައި ވާކަމަށް އަސްލަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީ ބަދަލުވެއްޖެ ނަމަ ނުވަތަ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން އެމެންބަރަކު ވަކިވެއްޖެނަމަ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހުއްޓުމަކަށް އަންނަ ނުވަތަ ގެނެވޭ އެއްވެސް ހާލަތެއް އެމާއްދާގައި ބަޔާންކޮށްފައި ނުވާކަމަށައި އަދި ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމޓީތަކަކީ މެދުނުކެޑޭނޭ ގޮތަށް މަސައްކަތް ކުރަންޖެހޭ ކޮމެޓީ ތަކެއްކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދގެ 149 މާއްދާއިން އެނގޭކަމަށްވެސް އަސްލަމް ސިޓީގައި ވިދާޅުވެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހުއްޓޭނެ އެއްވެސް ހާލަތެއް އެގަވައިދުގައި ބަޔާންކޮށްފައި ނުވަނީ، މަޖިލީހުގެ ދާއިމީ ކޮމޓީތައް ހުއްޓުމަކަށް ގެނައުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ދަންނަކަމަކަށް ނުވާތީކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
މީގެއިތުރުން އަސްލަމްގެ ސިޓީގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަލީހުގެ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް އެކިފަހަރުމަތިން އައި ބަދަލުތަކާގުޅިގެން މީގެކުރިން މަޖިލީހުގެ އިދާރާއިން މަޖިލިހުގެ ކޮމިޓީތައް އެއްވެސް ފަހަރަކު ހުއްޓުވާފައި ނުވާކަމަށާއި އެއިރު ބަދަލުތައް ހަމަޖެއްސުމުގެ މަރުހަލާ ހިނގަމުން ދިޔައިރު، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ޓުމެއްނެތި ކުރިއަށް ދިޔަކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓތަކަށް މެންބަރުން އައްޔަނު އްޔަނުކުރުގައި ސިޔާސީ ޕާޓީތަކުގެ މެޖޯރިޓީ ލީޑަރުންނާއި މައިނޯރިޓީ ލީޑަރުންގެ މަޝްވަރާ ހޯދަންވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި އޮތްއިރު، އެފަދައިން 3ްމަލުނުކުރައްވައި، މެޖޯރިޓީ ލިޑަރުގެ ހައިސިއްޔަތުން އެކަމުގައި ބަސްބުނުމުހެ ފުރުސަތުވެސް ނުދެއްވާކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ލިބިއްޖެނަމަ ގިނަ ވެގެން ތިން ދުވަހުގެ ތެރޭގައި ނޯޓިސް ފޮނުވައި 14 ދުވަހުގެ ނޯޓިސްއަށް ފަހު އެ މައްސަލައެއް އެޖެންޑާ ކުރަން ޖެހޭނެ ކަމެވެ. އެހެން ކަމުން މަޖިލީހުގެ ނައިބު ރައީސް އީވާގެ މައްސަލައިގެ ނޯޓިސް ޖޫން 11 އަށް ހަމަވާއިރު، 12 ޖޫންގައި އޮންނަ ޖަލްސާއަށް އެމައްސަލަ އެޖެންޑާކުރަން ޖެހޭނެކަމަށާއި އެއީ ލާޒިމް ކަމެއްކަމަށް އަސްލަމް ވިދާޅުވިއެވެ.