ads
ތޫފާނު އިންޑިއާއަށް މިއަދު އަރާނެކަމަށް ވަނީ ލަފާކޮށްފަ
ތޫފާނާއެކު އިންޑިއާގެ ބައެއް ސަރަހައްދުތައް ރެޑް އެލާޓަށް
ތޫފާނުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނޭ
ނުރައްކާތެރި އަދި ބިޔަ ތޫފާނު ބައިޕާޖޯއީ އިންޑިއާއަށް އަރަމުން އަންނައިރު އެ ގައުމުގެ ގިނަ ސަރަހައްދުތަކަށް ރެޑް އެލާޓު ނެރެ ކަނޑަށް ނުކުތުން މަނާކޮށްފިއެވެ.
Advertisement

މި ތޫފާނުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެކަމަށް އިންޑިއާގެ މީޓްރޮލޮޖިކަލް ސާވިސް އިން ވަނީ އަންދާޒާކޮށްފައެވެ. ނަމަވެސް ދިވެހިރާއްޖޭގެ މީޓްރޮލޮޖީން އިސްވެ މި ތޫފާނާ ގުޅޭގޮތުން އެއްވެސް އެއްޗެއް އަދި ހާމައެއް ނުކުރެއެވެ.

ތޫފާން ބައިޕާޖޯއީ ވަރުގަދަވެ ވަރަށް ގަދަ ތޫފާނަކަށް ބަދަލުވެ، ގުޖުރާތަށް އަރާނެ ކަމަށް ބެލެވެ އެވެ. މި ތޫފާނުގެ ސަބަބުން ގަޑިއަކު 160 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެމުންދާއިރު، ބޯކޮށް ވާރޭވެހި އައްސޭރިފަށުގެ ސަރަހައްދުތަކަށް ފެންބޮޑުވުން ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

އިންޑިއާގެ ގުޖުރާތު، މަހާރާޝްތުރާ، ގޯއާ، އަދި އިންޑިއާގެ އައްސޭރިފަށުގެ އެހެން ސަރަހައްދުތަކަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ރެޑް އެލާޓް ވަނީ ނެރިފައެވެ. އެލާޓްގައި ބޯކޮށް ވާރޭވެހި، ގަދަ ވައިރޯޅިތަކާއި، އުދަ އަރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

އައްސޭރިފަށުގެ ސަރަހައްދުތަކުން އެއްލައްކައަށް ވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ އިރު، ގޭތެރޭގައި މަޑުކުރުމަށާއި ދަތުރުފަތުރުން ހުއްޓާލުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. މަސްވެރިން ބަނދަރުގައި މަޑުކުރުމަށް ވަނީ އަންގާފައެވެ.

މި ތޫފާން އިންޑިއާއަށް އެރުމަށްފަހު ބަލިކަށިވާނެ ކަމަށް ބެލެވުނު ނަމަވެސް އަދިވެސް އެ ތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް