ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނަގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ސީއެންއެމްއާ ވާހަކަ ދައްކަވަމުން އިބްރާ ވަނީ ވޭތުވެ ދިޔަ ހަތަރު ވަރަކަށް އަހަރު ރައްޔިތުންނަށްޓަކައި މަޖިލީހުން ކުރީ ކޮންކަމެއްތޯ ސުވާލު އުފައްދަވާފައެވެ.
ކޮރަޕްޝަނުގެ ވާހަކަ ކިތަންމެވަރަކަށްވެސް ދައްކާ ކަމަށާއި، އެހެންނަމަވެސް ކޮރަޕްޝަނުގައި ޝާމިލުވި އެންމެ މީހަކުވެސް މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރު ކޮށްގެން މަޖިލީހުން ބަލާފައިވޭތޯ ސުވާލު ކުރައްވާފައެވެ.
އެމްޑީޕީން ވަނީ މަޖިލީހުގެ ރައީސްއާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ. އަދި އިދިކޮޅު ޕާޓީތަކުން ވަނީ ބަންޑާރަނައިބާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މައްސަލަވެސް މަޖިލީހަށް ހުށަހަޅާފައެވެ.
އިބްރާ ވިދާޅުވީ މި މައްސަލަތައް މަޖިލީހަށް ހުށަހަޅަންވީ މިއަދަކު ނޫންކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;