ads
ސޮނެވާއިން ނ. އަތޮޅުގައި ހިންގަމުން އަންނަ ސޮނޭވާ ޖާނީ ރިސޯޓު - ފޮޓޯ:ސޮނެވާ
ރާއްޖޭގެ އެންމެ އެކަހެރި ރިސޯޓު 'ސޮނޭވާ ސީކްރެޓް' މި އަހަރު ހުޅުވަނީ
ރާއްޖޭގައި އެންމެ މަތީފަންތީގެ ރިސޯޓުތައް ހިންގަމުން އަންނަ ސޮނެވާ ބްރޭންޑުގެ ދަށުން ހދ. ދިއްޕަރަފުށީގައި ތަރައްގީ ކުރާ 'ސޮނޭވާ ސީކްރެޓް' މި އަހަރު ހުޅުވަން ނިންމައިފިއެވެ.
Advertisement

ރާއްޖޭގެ އެންމެ ހުޅަނގުން މަކުނުދޫ އާ އެއް ފަޅެއްގައި، އެ ރަށާ 27 ކިލޯމީޓަރު ދުރުގައި އެކަހެރިކޮށް އޮންނަ ދިއްޕަރަފުށީގައި ސޮނޭވާއިން ތަރައްގީކޮށް ހުޅުވާ މި ރިސޯޓަކީ ހދ. އަތޮޅުގައި ހުޅުވާނެ ދެވަނަ ރިސޯޓެވެ. އެ އަތޮޅުގައި މިހާރު ހިންގަމުން ދަނީ ތްރީ އޭ ގެ ހޮނޑާފުށި ރިސޯޓު އެކަންޏެވެ.

ޓްރެންޑް ފޯކާސްޓިން ކުންފުންޏެއް ކަމަށްވާ ޑަބްލިއުޖީއެސްއެންއަށް މިދިޔަ ހަފުތާގައި ދެއްވި އިންޓަވިއުއެއްގައި ސޮނޭވާގެ ބާނީ ސޯނޫ ޝިވްދަސާނީ ވިދާޅުވެފައިވަނީ ދިއްޕަރަފުއްޓަކީ ވަކިން އޮންނަ، ހިތްފަސޭހަ ކުޑަ ރަށަކަށް ވާތީ އެ ރަށުން ފަތުރުވެރިންނަށް ޕްރައިވަސީ ލިބޭނެ ކަމަށާއި ފަތުރުވެރިން ބޭނުންވާ އަމިއްލަވަންތަ ތަޖުރިބާތައް ކުރެވޭނެ ކަމަށެވެ. އުންމީދަކީ މި އަހަރުގެ ތެރޭގައި އެ ރަށް ހުޅުވި ފަތުރުވެރިންނަށް މަރުހަބާ ކިޔުން ކަމަށް ސޯނޫ ވިދާޅުވިއެވެ. ސޯނޫ ވިދާޅުވީ ރަށާ ގުޅުން ހުރި އިތުރު ތަފުސީލުތައް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އާންމު ކުރެވޭ ވަރުވާނެ ކަމަށެވެ.

your imageސޮނެވާއިން ބ. އަތޮޅުގައި ހިންގަމުން އަންނަ ސޮނޭވާ ފުށި ރިސޯޓު - ފޮޓޯ:ސޮނެވާ

ހޮޓެލް އިންވެސްޓްމަންޓްސް ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި ސޯނޫ ވިދާޅުވި ގޮތުގައި ދިއްޕަރަފުށީގައި ރިސޯޓު ތަރައްގީ ކުރަމުން ދަނީ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ކަމަށާއި ރަށުގެ ކޮންމެ ކޮޓަރިއަކަށް ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) ހޭދަވާ ކަމުގައެވެ.

ރާއްޖޭގައި ހަތަރުވަނަ ރިސޯޓެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަން ހާމަކުރައްވާ ސޯނޫ ވިދާޅުވެފައިވަނީ ސޮނޭވާގެ ރިސޯޓެއް ޖަޕާނުގައި ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މަކުނުދޫގެ އިތުރުން ހދ. އަތޮޅުގެ ގިނަ ރަށްތަކުން 'ސޮނޭވާ ސީކްރެޓް' އަށް މުވައްޒަފުން ނަގާފައިވާއިރު، އޮގަސްޓު މަހުގެ ތެރޭގައި މުވައްޒަފުންނާ އެކު އެ ރިސޯޓުގައި ތަމްރީނުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

your imageސޮނެވާ އިން އަކުއާ - ފޮޓޯ:ސޮނެވާ

ސޮނޭވާ ބްރޭންޑުގެ ދަށުން މިހާރު ރާއްޖޭގައި ހިންގަމުން އަންނަނީ ސޮނޭވާ ފުށި އަދި ސޮނޭވާ ޖާނީ އެވެ. އެ ދެ ރިސޯޓުގެ އިތުރުން އެ ކުންފުނީގެ ޗާޓާޑް ޔޮޓް ސޮނޭވާ އިން އަކުއާއިންވެސް އަންނަނީ ފަތުރުވެރިންނަށް ހިދުމަތް ދެމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް