ads
މެގަން ޓްރޭނާ
މެގަން ޓްރޭނާ މަތިމަސް ބާލައިފި
"މައި ލިޕްސް އާ މޫވިން" ގެ މިއުޒިކް ވީޑިއޯ އަށް މެގަން ޓްރޭނާ މަތިމަސް ބޭލިކަން އޭނާ އަމިއްލަށް ހާމަކޮށްފިއެވެ.
Advertisement

އުމުރުން 29 އަހަރުގެ ޕޮޕް ސްޓާ "ދަ ކެލީ ކްލާކްސަން ޝޯ" ގައި ކެލީ ކްލާކްސަން އާއި ވާހަކަ ދައްކަމުން ބުނީ މަތީ ތުންފަތުގެ މަތީގައި އިސްތަށި ހުރުމުން އެ ވީޑިއޯ ނަގަން ހާސްވި ކަމަށާއި ނަމަވެސް ކޮންމެ ގޮތެއް ވިޔަސް އެކަން ކުރީ ވީޑިއޯބަލައި އަމިއްލައަށް ލަދުގަންނަން ބޭނުން ނުވާތީ ކަމަށެވެ.

"'މައި ލިޕްސް އާ މޫވިން' މިއުޒިކް ވީޑިއޯގައި އެމީހުން ބުނީ ތުންފަތުގެ ކްލޯޒްއަޕްއެއް ނަގަން ބޭނުންވާކަމަށް. އަހަރެން އެހިން ކީއްވެތޯ ކުރިން ނުބުނީ. ދެން އެއް ދުވަސް ނަގައިގެން ތުންފަތުގެ މަތީގައި ހުރި އިސްތަށިތައް ޝޭވްކޮށްގެން ވީޑިއޯ ނަގަން އަލުން އައީ،" މަގަން ޓްރޭނާ އޭނާގެ މަތިމަސް ބޭލިގޮތް ކިޔައިދެމުން ބުންޏެވެ.

އޭނާބުނީ ތުންފަތުގެ މަތީގައި ހުރި އިސްތަށިތައް ނުބާލަނީސް ވީޑިއޯ ނަގަން ފެށުމުން އޭނާއަށް ވީގޮތްވެސް ބުނެދޭން ނޭގުނުކަމަށެވެ.

ޓްރޭނާ އެނާގެ މަތިމަސް ޝޭވް ކުރަން ނިންމި ނިންމުމަށް ސަޕޯޓަރުން އަންނަނީ ތައުރީފު ކުރަމުންނެވެ. އަދި އޭނާ އެކަން ހާމަކުރުމަކީ ގިނަބަޔަކަށް ލިބުނު ހިތްވަރެއްކަމަށް އަންނަނީ ބުނަމުންނެވެ. 

"އަހަރެން ވަރަށް އުފާވެ މެގަން ޓްރޭނާ އޭނާގެ މިއުޒިކް ވީޑިއޯއަށް މަތިމަސް ޝޭވް ކުރި ކަމަށް އެއްބަސްވުމުން. ސެލެބްރިޓީއަކު ހަށިގަނޑުގެ އިސްތަށިގަނޑާ މެދު އެހާ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކާތަން ފެނުމަކީ ވަރަށް ތާޒާ ކަމެއް. ހަށިގަނޑުގައި އިސްތަށި ހުރި ނަމަވެސް އަހަރެމެން އަމިއްލައަށް ވުމަކީ އޯކޭ ކަމެއް ކަމަށް އޭނާ ދައްކަމުން އެބަދޭ" ސަޕޯޓަރަކު ލިޔެފައިވެއެވެ.

ތިމާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުކުރަން ޝޭވް ކުރަން އިހްތިޔާރު ކުރިޔަސް، ވެކްސް ކުރަން އިހްތިޔާރު ކުރިޔަސް، ނުވަތަ އެއްވެސް ކަމެއް ނުކުރިޔަސް، ހަށިގަނޑުގައި ހުންނަ އިސްތައްޓާމެދު ގޮތެއް ނިންމުމަކީ ކޮންމެ މީހެއްގެވެސް އަމިއްލަކަމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް