ސެލީނާ ގޯމޭޒް ދާދި ފަހުން ވަނީ ރެއާ ބިއުޓީ އިވެންޓަކަށް ފްރާންސްގެ ޕެރިހަށް ގޮސްފަ އެވެ.
އެތަނުގައި އޭނާ ހުރީ ކަޅު ހުދު ސްކޭޓާ ސްކާޓަކާއި ހުދު ސެޓިން ގަމީހެއް ލައިގެންނެެވެ.
ޓެރަހެއްގައި ސަޕޯޓަރުންނާ ސަލާމް ކުރަމުން ދަނިކޮށް ބާރު ވައިރޯޅިއެއް ޖެހި ސްކާޓް މައްޗަށް އުދުހެން އުޅުނެވެ. ސެލީނާ އަވަސް އަވަހަށް އޭނާގެ ސްކާޓްގައި ހިފެހެއްޓިއެވެ. ލަދުވެތި ހާލަތުން އެނާ ސަލާމަތްވުމަށްފަހު ސަމާސާ ވާހަކަތަކެއް ދައްކާފައެވެ.
އޭނާގެ އަވަސް ވިސްނުމުން ފޭނުންނަށް ވަރަށް ބޮޑަށް ތައުރީފުކުރިއެވެ.
ސެލީނާ ގޯމޭޒް ޕެރިހުގައި އޮތް ރެއާ ބިއުޓީ އިވެންޓަކަށް ދިޔައީ މިމަހު 8 ވަނަ ދުވަހުއެވެ.