ads
އަހްމަދު ނިހާން ހުސައިން މަނިކު
ސުޕްރީމް ކޯޓުގެ ހުކުމާއެކު ނިހާން މައްސަލަވެސް ދިގުލަނީ
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ދައުވާ ކުރާ، މަޖިލީހުގެ ކުރީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކުގެ ތަހުގީގުގެ ހުރިހާ ލިޔެކިޔުންތަކެއް އޭނައަށް ދޭން އަމުރުކޮށް، އޭގެ ފަހުން ޝަރީއަތް ފަށަން ކޯޓުން ނިންމައިފި އެވެ.

މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދެ ދައުވާއަކާއި، ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ކުރެއެވެ.

މި މައްސަލަތަކުގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތީ ޝަރީއަތުގެ މަރުހަލާ ފެށުމަށް ދެ ފަރާތަށް އިފްތިތާހީ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ. އިފްތިތާހީ ބަޔާނަކީ މައިގަނޑު ގޮތެއްގައި މައްސަލައިގައި ހިމެނޭ ފަރާތްތަކުން ޝަރީއަތް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ސްޓްރެޓެޖީ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑު އެހުމުގައި ނިހާންގެ ދިފާއީ ވަކީލު އެދިވަޑައިގަތީ، ތަހުގީގު ފައިލުތައް ދިފާއަށް ދޭން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ ނިހާނަށް ވެސް އެ ހައްގު ދިނުމަށެވެ. ތަހުގީގު ފައިލުތައް ދިނުމަށް ސުޕްރީމް ކޯޓުން އެންގީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އުފުލާފައިވާ ދައުވާއަކާ ގުޅިގެންނެވެ.

ނިހާންގެ ވަކީލު އެދިވަޑައިގެންނެވީ ތަހުގީގު ފައިލުތައް ދިފާއަށް ބަލަން ފުރުސަތު ދީފައި ޝަރީއަތް ފެށުމަށެވެ. ނަމަވެސް ދައުލަތުން އޭގެ ރައްދުގައި ވިދާޅުވީ ފައިލުތައް ދޭން ޖެހުމަކީ އިފްތިތާހީ ބަޔާން މިއަދު އިއްވަން އޮތް ހުރަހެއް ނޫން ކަމަށެވެ. ދެ ފަރާތުގެ ބަހުސަށް ފަހު ޝަރީއަތުން ނިންމެވީ ތަހުގީގު ފައިލްތައް ދިނުމަށްފަހު އެހެން އަޑުއެހުމެއްގައި އިފްތިތާހީ ބަޔާން އިއްވާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް