
މި ދެމީހުން އިންސްޓަގްރާމްގައި އެކަކު އަނެކަކަށް އަންފޮލޯކޮށްފައިވާއިރު، އެ ދެމީހުންގެ މެދުގައި މައްސަލަތައް ދިމާވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެ ދެމީހުންގެ ގާތް މީހަކު "ބޮމްބޭ ޓައިމްސް" އަށް ބުނީ "އެ ދެމީހުން ވަނީ ކިއުޓްސް އޭ ކިޔާފައި. ދާދި ފަހުން ނިންމީ އިތުރަށް އެކުގައި ނުތިބެން. އިންސްޓަގްރާމް އާއި އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް އެކަކު އަނެކަކު އަންފޮލޯކޮށްފައި" ކަމަށެވެ.
އެ މަސްދަރު އިތުރަށް ބުނީ ބްރޭކްއަޕް ވާން މެދުވެރިވި ސަބަބެއް ސާފުނުވި ނަމަވެސް އެއީ މުނާވަރުގެ މަގުބޫލުކަން ބޮޑުވުމާ ގުޅުން ހުރި ކަމެއް ކަމަށް ވެދާނެ ކަމަށެވެ. "ލޮކް އަޕް އަށް ފަހު މުނަވަރަށް ވަރަށް މަގުބޫލުކަން ލިބިފައިވާއިރު، އޭނާއަށް ލިބެމުން ދިޔަ ސަމާލުކަމާ މެދު ނާޒިލާއަށް ބަލައިގަންނަން ފަސޭހައެއް ނުވި،" މަސްދަރު ބުނެފައިވެއެވެ.
މުނަވަރާއި ނާޒިލާ ވަކިވުމުގެ ކުރިން ރައްޓެހިވެގެން ގާތްގަނޑަކަށް ދެ އަހަރު ހޭދަކުރިއެވެ. ސޯޝަލް މީޑިއާގައި ބައްދަލުވެ ރައްޓެހިވީ ދެތިން މަސް ދުވަހު ވާހަކަ ދައްކިފަހުންނެވެ.
މުނަވަރަކީ ސްޓޭންޑް އަޕް ކޮމެޑީ އަދި ސޯޝަލް މީޑިއާ ޕާސަނަލިޓީއެކެވެ. އޭނާ މަޝްހޫރުކަން ހޯދީ ރިއަލިޓީ "ޝޯ ލޮކް އަޕްގައި" ބައިވެރިވުގެންނެވެ. ކަންގަނާ ރަނައުތު ހޯސްޓްކޮށްފައިވާ މި ޝޯ ދައްކާފައިވަނީ އަލްޓް ބާލާޖީ އާއި އެމްއެކްސް ޕްލޭޔަރ އިންނެވެ.
ނާޒިލާ އަކީ ފެޝަން ޑިޒައިނަރެއްގެ އިތުރުން ސޯޝަލް މީޑިއާ އިންފްލުއެންސަރެކެވެ. އިންސްޓަގްރާމްގައި އެއް މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން އޭނާގެ އެބަހުއްޓެވެ.
މުނަވަރާއި ނާޒިލާ އަލުން ގުޅިގެން އުޅޭނެ ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އެދެމީހުން ވަކިވުމަކީ އެމީހުންގެ ސަޕޯޓަރުންނަށް ލިބުނު ހިތާމަވެރި ހަބަރެކެވެ.