ނ. މާފަރު އެއާޕޯޓަށް އަނެއްކާވެސް ވެލައެއް އަރައިފިއެވެ.

Advertisement
ނ. މާފަރު އެއާޕޯޓަށް އަނެއްކާވެސް ވެލައެއް އަރައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އެއާޕޯޓުގެ މުވައްޒަފުން ވެލާ ސަލާމަތް ކުރާ މަންޒަރެވެ.
ނ. މާފަރު އެއާޕޯޓު ބޮޑުކުރަން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން ހުއްދައެއް ނުދޭކަމަށް އެ އެޖެންސީން ވަނީ ހާމަކޮށްފައެވެ.
އީޕީއެން ނެރުނު އެންވަޔަރަރަމަންޓް ޑެޝިޝަން ސްޓޭޓް މަންޓުގައި ބުނީ، އީއައިއޭ ހެއްދެވީ ޑރ. އަހްމަދު ޝާއިޤު ކަމަށެވެ.
އީޕީއޭއިން މިހެން ނިންމިއިރު، މާފަރު އެއާޕޯޓުގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓާ އެކު އެތަނުގައި ސީ ޕްލޭންގެ ހިދުމަތްވެސް ފަށުމަށް އަންނަނީ ރާވަމުންނެވެ. އަދި ބޮއިންގެ އެންމެ ބޮޑެތި ބޯޓު ޖެއްސޭގޮތައް އެއާޕޯޓު ބޮޑު ކުރުމަށްް ދިޔައީ މަސައްކަތްް ކުރަމުންނެވެ.
މާފަރު އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްފައިވަނީ މި ޑިސެންބަރު މަހުގެ 2 ވަނަ ދުވަހުއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީ ފަންޑުން ނ. މާފަރުގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ މައްޗަށް މިދިޔަ އޭޕްރީލް މަހު ވެސް ވެލައެއް ވަނީ ބިސް އަޅާފައެވެ. އަދި އެ ވެލާ ވަނީ ފަހުން މަރުވެފައެވެ.
އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރުމުގެ ކުރިން އެ ފަސްގަނޑަށް ވެލާ އަރާ ބިސް އަޅާ އުޅުނެވެ. އަދި އެސަރަހައްދަކީ ވެލާ ގިނަ ސަރަހައްދެއް ކަމަށް ވެސް ވެއެވެ.