އެއްޗެއް ގޮވާފައިވަނީ ތުރުކީ ސަރުކާރުގެ މެކޭނިކަލް އެންޑް ކެމިކަލް އިންޑަސްޓްރީ ކޯޕަރޭޝަންގެ ފެކްޓްރީއެއްގައެވެ. ގޮވުން ގޮވާފައިވަނީ އެކުންފުނިން ތުރުކީގެ އަންކާރާގެ ރަށް ބޭރުގައި ހިންގާ ފެކްޓްރީއެއްގައެވެ.
ރިޕޯޓްތައް ބުނާގޮތުން ގޮވުން ގޮވާލައިވަނީ ޑައިނަމައިޓްތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އޮފިޝަލުން ވިދާޅުވީ ފެކްޓްރީގައި ގޮވަން މެދުވެރިވީ އުފެދުނު ކެމިކަލް ރިއެކްޝަނެއްގެ ސަބަބުން ކަމަށެވެ.
މި ގޮވުމާއެކު ފެކްޓްރީގެ ބޮޑުބައެއް ވެއްޓި އެތެރޭގައި ތިބި ފަސް މީހުން ވަނީ މަރުވެފައެވެ.
ޕްރޮސެކިއުޓަރުން މިހާރުވަނީ މި ހާދިސާއާގުޅޭ ތަހުގީގުތައް ފަށާފައެވެ.