ads
ފޮރިން މިނިސްޓްރީގެ އިމާރާތް
ރާއްޖޭގެ ވަފުދެއް ޔޫރަޕިއަން ޔޫނިއަންގެ ބައްދަލުވުމަކަށް
ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ބާއްވާ ހަތަރުވަނަ ސީނިއާ އޮފިޝަލްސް ބައްދަލުވުމަށް ރާއްޖޭގެ ވަފުދެއް ފުރާވަޑައިގެންފި އެވެ.
Advertisement

ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ބާއްވާ ހަތަރުވަނަ ސީނިއާ އޮފިޝަލްސް ބައްދަލުވުމުގައި ބައިވެރިވާ ރާއްޖޭގެ ވަފުދު ފުރާވަޑައިގަތީ ބެލްޖިއަމްގެ ބްރަސަލްސްއަށެވެ.

ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސީނިއާ އޮފިޝަލުންގެ ބައްދަލުވުމަކީ ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ދެފުށް ފެންނަ އަދި ރަނގަޅު ގުޅުމެއް އުފައްދައި، އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިކޮށްދޭ ޕްލެޓްފޯމެއްގެ ތެރެއިން ކުރިއަށްދާ ބައްދަލުވުމެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ  ބުނެފައެވެ.

މިއަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އެ ބައްދަލުވުން ބެލްޖިއަމްގެ ބްރަސަލްސްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަަށާއި، ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ބޭއްވުނު ތިންވަނަ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުން ބޭއްވީ 25 އޮކްޓޯބަރ 2022 ގައި ކަމަށްވެސް ބުނެފައިވެއެވެ.

މިއަހަރުގެ ބައްދަލުވުމުގެ އެޖެންޑާގައި އީޔޫ އާއި ރާއްޖޭގެ ތަރައްޤީއާއި، ޕޯސްޓް-ކޮޓޯނޯ އެގްރީމަންޓާއި، ހިންގުމާއި، ޑިމޮކްރަސީއާއި، އިންސާނީ ޙައްޤުތަކާއި، ޤާނޫނީ ވެރިކަމާއި، ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުން ހުއްޓުވުމާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި، ތަރައްޤީގެ އެއްބާރުލުމުގެ އިތުރުން މަސްވެރިކަމާއި، ވިސާ ފެސިލިޓޭޝަން، އަދި އދ.ގައި އެއްބާރުލުން ދިނުމާއި، ސަރަޙައްދީ ތަރައްޤީއާއި، ސަރަޙައްދީ ކުރިއެރުންތަކާއި ބެހޭގޮތުން މަޝްވަރާކުރުން ހިމެނެއެވެ.

ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ސްޓޭޓް މިނިސްޓަރު އަޙްމަދު ޚަލީލެވެ. ވަފުދުގައި ބައިވެރިވެ ވަޑައިގެންނެވީ ފޮރިން މިނިސްޓްރީންނާއި، ރައީސް އޮފީހުންނާއި، އިކޮނޮމިކް މިނިސްޓްރީންނާއި، ފިޝަރީޒް، މިނިސްޓްރީ ގެ އިތުރުން މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ގެ އިތރުރުން  އެންވަޔަރަންމަންޓް، މިނިސްޓްރީންނެވެ.

އަދި ޕޮލިސް ސަރވިސްއާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ އިސްވެރިން ބައިވެރިވެވަޑައިގެނެވި ކަމަށް ވެސް ބުނެފައިވެއެވެ.

އެ ބައްދަލުވުމުގައި ޔޫރަޕިއަން ޔޫނިއަންގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕަލޯނީ ކަމަށްވެސް ފޮރޮރިން މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް