ads
ޑރ ވަހީދު ޕީޕީއެމް ޖަލްސާއެއްގެ ތެރެއިން: ފޮޓޯ ޕީޕީއެމް
ކުރީގެ ރައީސް ޑރ ވަހީދަށް އިތުރު ޕީއެޗްޑީއެއް
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އިތުރު އޮނަރަރީ ޕީއެޗްޑީއެއް ދިނުމަށް ގްރައިން އެމެރިކަން ޔުނިވާސިޓީން ނިންމައިފިއެވެ.

ޑރ. ވަހީދުގެ އޮފީހުން ބުނީ މިފަހަރު ޕީއެޗްޑީ އެމަނިކުފަނަށް ލިބިވަޑައިގަންނަވަނީ "ޕޮލިޓިކްސް އެން ޕޮލިސީ ސްޓަޑީޒް" އިން ކަމަށެވެ. އެ މަނިކުފާނު އެންމެ ފުރަތަމަ ޕީއެޗްޑީ ހެއްދެވީ ކެލެފޯނިއާގެ ސެންފޯޑް ޔުނިވާސިޓީން "އިންޓަނޭޝަނަލް ޑިވެލޮޕްމަންޓު އެޑިއުކޭޝަން" އިން 1986 ވަނަ އަހަރުއެވެ. 

ކުރީގެ ރައީސް ވަހީދު މިވަގުތު ވަނީ އެމެރިކާއަށް ވަޑައިގަންނަވާފައެވެ. އެއީ ގްރައިން އެމެރިކަން ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފްލާގައި ބައިވެރިވެ ވަޑައިގަތުމަށެވެ. 

ޑރ.މުހައްމަދު ވަހީދު ހަސަން މަނިކަކީ  ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން 7 ފެބްރުއަރީ 2012 އިން 17 ނޮވެމްބަރު 2013 އަށް ރާއްޖޭގެ ފަސް ވަނަ ރައީސްކަން ކުރެއްވި ސިޔާސީ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ނިއުސް އެންކަރެއްގެ އިތުރުން ޔުނިސެފް، ޔޫއެންޑީޕީ އަދި ޔުނެސްކޯގައި މަސައްކަތްކުރައްވާފައެވެ. 

ވަހީދު އުފަންވެވަޑައިގަތީ 3 ޖެނުއަރީ 1953 ގައި ވެރިރަށް މާލޭގައެވެ. އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތުގައި ކިޔަވައިގެން އިނގިރޭސި ބަހާއި އަދަބިއްޔާތުން ބެޗްލާ އޮފް އާޓްސް ޑިގްރީ އާއި ޓީޗިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލް ކުރެއްވި އެވެ. ކިޔެވުން ނިންމުމަށްފަހު އެނބުރި ރާއްޖެއަށް ވަޑައިގެން ދައުލަތުގެ ޓީވީ ސްޓޭޝަންގެ ނިއުސް އެންކަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

36%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް