ads
ރައީސް މައުމޫން
ޑީއާރުޕީގެ ދަރަނި ރައީސް މައުމޫން ދައްކަވާކަށް ނުޖެހޭނެ: ސިވިލް ކޯޓު
މިހާރު އުވާލާފައިވާ ދިވެހި ރައްޔިތުންގެ ޕާޓީ- ޑީއާރުޕީގެ ދަރަނި، ރައީސް މައުމޫން އަބްދުލްގައްޔޫމް ދައްކަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ޑީއާރުޕީގެ ދަރަނި ރައީސް މައުމޫން ދައްކަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމް ކުރީ، 2010 ވަނަ އަހަރު، ޑީއާރުޕީން އެމްޓީސީސީއަށް ފައިސާ ދައްކަން ހުކުމްކޮށްފައިވާ މައްސަލައަކާ ގުޅިގެން، ހުކުމާ އެއް ގޮތަށް އެ ފައިސާ ދައްކާފައި ނުވާތީ، އެ މައްސަލައިގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ސިވިލް ކޯޓުން ބެލި މައްސަލައެއްގައެވެ. 

ދެހާސްދިހަ ވަނަ އަހަރު ކޮށްފައިވާ އެ ހުކުމުގައި ޑީއާރުޕީގެ މައްޗަށް އަމުރުކޮށްފައިވަނީ އެމްޓީސީސީން ހޯދާފައިވާ ހިދުމަތްތަކުގެ އަގަށްވާ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާށެވެ. އެކި ފަހަރު މަތިން އެ ފައިސާ ދައްކަން ފުރުސަތު ދެވުނު އިރުވެސް އެ ފައިސާ ދައްކާފައި ނުވާކަން ކޯޓުގެ ހުކުމުން އެނގެއެވެ. ހުކުމުން އެނގޭ ގޮތުގައި ޑީއާރުޕީގެ ބޭންކް އެކައުންޓުގައި އެންމެ 3000 ރުފިޔާވެސް މިހާރު ނެތެވެ. 

މި މައްސަލައާ ގުޅިގެން ޑީއާރުޕީގެ ފައިސާ ދެއްކުމަށް ސިޔާސީ ޕާޓީގެ ގަވާއިދާ ހަވާލާދީ ރައީސް މައުމޫނަށް އަންގާފައިވަނީ އެ ދަރަނި އުފެދުނުއިރު ޕާޓީގެ އެންމެ އިސް ފަރާތުގެ ގޮތުގައި ރައީސް މައުމޫން ހުންނެވުމުންނެވެ. އެހެންނަމަވެސް ސީދާ ރައީސް މައުމޫން އެ ފައިސާ ދައްކަވަން ޖެހޭ ކަމަށް އަމުރެއް ނެތުމުން، ރައީސް މައުމޫންގެ ފަރާތުން އެ ފައިސާ ދައްކަން އިންކާރު ކުރެއްވިކަން ކޯޓުގެ ހުކުމުން އެނގެއެވެ. 

މި މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދްރީސް އިއްވި ހުކުމުގައި ބުނެފައިވަނީ، އެމްޓީސީސީއަށް ދައްކަން ޖެހޭ ފައިސާ ރައީސް މައުމޫން ދެއްކުމަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް