ads
އެސްޓީއޯއިން ކުރިއަށް ގެންދިޔަ ހެއްޔާ މަކިޓާ މުބާރާތުގެ ވަނަތައް ހޮވައި އިނާމު ހަވާލުކުރުން - ފޮޓޯ:އެސްޓީއޯ
ހެއްޔާ މަކިޓާގެ ވަނަތައް ހޮވައި އިނާމު ހަވާލުކޮށްފި
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިއަށް ގެންދިޔަ ހެއްޔާ މަކިޓާ މުބާރާތުގެ ވަނަތައް ހޮވައި އިނާމު ހަވާލުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް އެ ކުންފުނިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ 'ހެއްޔާ މަކިޓާ މުބާރާތް 2022' ގެ ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ހަވާލުކޮށްފައިވާ ކަމަށެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ބައިވެރިންނަށް އިނާމު ހަވާލުުކޮށްފައިވަނީ އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓްގައި މިއަދު ބޭއްވި ހަފުލާއެއްގައި ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނެފައިވަނީ އެއްވަނަ ހާސިލްކޮށް 50،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ ހޯދާފައިވަނީ ހަސަން ޝާހިދު ކަމަށެވެ. ޝާހިދު ތައްޔާރުކޮށްފައިވަނީ ތަފާތު ތަކެތި ހިމެނޭ މަންޒަރެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ދެވަނަ ހޯދާފައިވަނީ އުނދޯއްޔެއް ތައްޔާރުކުރި އަހުމަދު ހުސައިން މަނިކު ކަމުގައެވެ. ދެވަނަ އިނާމުގެ ގޮތުގައި ދީފައިވަނީ 30،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާއެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެ ކުންފުނިން ބުނީ ތިންވަނަ ހޯދާ 15،000 ރުފިޔާގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗާ ހާސިލުކޮށްފައިވަނީ މުހައްމަދު ރަޝީދު ކަމަށެވެ. މަކިޓާ ޓޫލްސް ބޭނުންކޮށްގެން އޭނާ ތައްޔާރުކުރީ ޑްރެސިން ޓޭބަލްއެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނެފައިވަނީ މި މުބާރާތުގެ ވަނަތައް ހޮވާފައިވަނީ ފަނޑިޔާރުންގެ 70 އިންސައްތަ އާއި އާންމުންގެ 20 އިންސައްތައިގެ އިތުރުން ހުށަހެޅި ވީޑިއޯއަށް 10 އިންސައްތަ މާކްސް ދީގެން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް