ads
ފޮޓޯ: އެފްޕީކޭ
އަންހެނަކު ފަތާފައި ރާއްޖޭގެ ރިސޯޓަކަށް އެރި ކަމަށް ބުނާ ވާހަކައިގެ ހަގީގަތަކީ ކޮބާ؟
މިއަދު ސޯޝަލް މީޑިއާގައި ފެތުރުނު އެއް ހަބަރަކީ މަޝްހޫރު ފެތުންތެރިއަކު ފަތާފައި ރާއްޖޭގެ ރިސޯޓަކަށް އެރިވާހަކައެވެ. ނަމަވެސް އެ ވާހަކަތަކުގައި އޮޅުންތަކެއް ހުރުމުން އެ ވާހަކައިގެ ހަގީގަތް އޮޅުން ފިލުވާލީމެވެ.
Advertisement

"އަރްޖުނާ އެވޯޑް" ލިބިފައިވާ ފެތުންތެރިއެއް ކަމަށްވާ ދިޝާ ޕަޓާނީ ވަނީ ދާދިފަހުން ކުޑަ ހުރާގައި ހުންނަ ފޯ ސީޒަންސް ރިސޯޓް ގޮސްފައެވެ. 

ދިޝާ ޕަޓާނީ އަކީ ކުޅަދާނަ ފެތުންތެރިއެކެވެ.

ކަނޑުގައި ފަތާލުމުގެ ފުރުސަތުގެ ބޭނުން ހިފައި، އެކަން ކުރަން އޭނާ ވަރަށް ލޯބިކުރެއެވެ. އޭނާއަށް ފެންނަ ގޮތުގައި ކަނޑުގައި ފަތާލުމަކީ އަރާމުކޮށްލުމަށާއި ގުދުރަތާ ގުޅެވޭނެ ވަރަށް ރަނގަޅު ފުރުސަތެކެވެ.

އެއީ އޭނާގެ ސިކުނޑި ސާފުކޮށް، މިހާރުގެ ވަގުތަށް ފޯކަސް ކުރުމަށް ރަނގަޅު ގޮތެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެވެއެވެ. 

ނަމަވެސް އޭނާ އެ ރިސޯޓަށް ދިޔައީ ފަތާފައެއް ނޫނެވެ. ނަަމަވެސް އޭނާ ރިސޯޓަށް ދިޔަ އެއް ސަބަބަކީ އެނާ ފެތުމަށް ދޭ އިސްކަމާއި އޭނާ ފެތުމަށް ހުރި ލޯތްބެވެ.

އޭނާ ރިސޯޓަށް އެރީވެސް ފަތާފައިކަމަށް ބުނާ ސޯޝަލްމީޑިއާގައި ފަތުރާ ވާހަކައަކީ ހަގީގަތެއް ނޫނެވެ.

57%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް