ސިންގަލްސް ފިރިހެން ޗެމްޕިއަންކަން ދުންޔާޒު ހޯދީ ފައިނަލުގައި އެމްޕީއެލްގެ އަބްދުﷲ އަފީފް 9-5 ފްރޭމުން ބަލިކޮށްގެންނެވެ. ސެމީ ފައިނަލުގައި ދުންޔާޒު ވަނީ އެމްޕީއެލް ޓީމުގެ ގައުމީ ޓީމް ކުޅުންތެރިޔާ އިސްމާއިލް ޖީހާން 7-5 އިން ބަލިކޮށްފަ އެވެ. އަފީފް ފައިނަލުން ޖާގަ ހޯދީ ސެމީ ގައި އެމްއެންޑީއެފްގެ ފަތުހުﷲ ޖަމީލް 7-4 އިން ބަލިކޮށްގެންނެވެ.
ސިންގަލްސް އަންހެން ޗެމްޕިއަންކަން ދިލް ހޯދީ ފައިނަލުގައި ރައީސް އޮފީހުގެ ފަގީހާ އިބްރާހިމް އަތުން 6-1 އިން މޮޅުވެފަ އެވެ.
މި ފަހަރުގެ މުބާރާތުގައި 13 އޮފީހަކުން 18 ޓީމްވާދަކުރެއެވެ. ސިންގަލް އިވެންޓުތަކަށް ފަހު ދެން އޮންނާނީ ޓީމް އިވެންޓްތަކެވެ.
އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ މިދިޔަ އަހަރުގެ ސިންގަލްސް ޗެމްޕިއަންކަންވެސް ހޯދީ ދިލް އާއި ދުންޔާޒު އެވެ.