ads
އައިޝަތު މޫސާ...
ހިނގޭނެ ގޮތެއްނެތް ދެ ދަރިންގެ މަންމައެއްގެ އާދޭހަކީ އެހީތެރިކަމުގެ އަތެއް
ކުޅެދުމާއި ނުކުޅެދުން އެއީ އެއްވެސް މީހަކަށް ބާރު ފޯރުވޭނެ ކަންތައްތަކެއްނޫނެވެ. އިންސާނުން މި ބިންމަތީގައި ލެއްވި ﷲ ސުބުހާނަހޫ ވަތައާލާ ވަނީ ކޮންމެ އިންސާނެއްގެ ފެށުމާއި ނިމުން އެމީހަކު ދުނިޔެއަށް އައުމުގެ މާކުރިން އަޒަލުގައި ލިއުއްވާފައެވެ. ކަން ހިނގާނެ ގޮތާއި ކަންވާނެ ގޮތްވެސްމެއެވެ.

ނަމަވެސް ދުނިޔެމަތިން ފެންނަ ބައެއް މަަންޒަރުތަކުން ހިތްފަޅައިގެންދާހާ ވަރުވެއެވެ. ބައެއް މީހުންގެ އުޅެން ޖެހިފައިވާ ހާލަތެވެ. އުނދަގުލާއި ވޭނެވެ. ކެތްތެރިކަމާއި މާޔޫސް ކަމެވެ. އުއްމީދެއްނެތް ދިރިއުޅުމެވެ. މި ހަނގީގަތާއެކު އެތައްބަޔަކު އުޅެންޖެހިފައިވާއިރު، މީގެ ތެރެއިން އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައިވެސް އެފަދަ ފަރާތްތައް އުޅެމުން އެބަދެއެވެ.

އެގޮތުުން ތ. ތިމަރަފުށި ލުބޯމާގޭ އައިޝަތު މޫސާވެސް އުފުލަން ޖެހިފައިވަނީ ވޭނީ ދިރިއުޅުމަކެވެ. ބަރުދާސްތު ނުކުރެވޭފަދަ ހިތްދަތި ދުވަސްތަކެވެ. އައިޝަތު ބުނީ އެ ދިރިއުޅުމުން އަރައިގަތުމަށް ކިތަންމެހާވެސް ބޭނުންވާ ކަމަށެވެ. އާންމު އެހެންމީހުންނެކޭ އެއްފަދައިން އުޅެން ބޭނުންވާ ކަމަށެވެ. ނަމަވެސް އައިޝަތުއަށް އުޅެންޖެހިފައިވަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.

ހިނގާބިގާވެ ނޫޅެވޭ ހާލަތުގައެވެ. ދަރިންގެ ކަންތަކާއި އަމިއްލަ ޒަރޫރީ އެއެވެސް ބޭނުމެއް ނުކުރެވޭ ހާލަތުގައެވެ.

އުމުރުން އެންމެ 40 އަހަރުގާއި އައިޝަތުގެ ދެ ދަރިން އެބަތިއްބެވެ. 12 އަހަރުގެ ކުއްޖަކާއި، ހަތް އަހަރުގެ ކުއްޖެކެވެ. ނަމަވެސް އައިޝަތު އެންމެ ކަންބޮޑުވަނީ އެދެދަރިންބެލުމުގެ ކަންތައްތައް ކުރުމުންވެސް އައިޝަތަށް މަހުރޫމްވެފައިވާތީއެވެ. 

ކުޅެދޭ ހާލަތުން ނުކުޅަދޭ ހާލަތަށް ބަދަލުވި އައިޝަތު އޭނާގެ ދިރިއުޅުމުގައި ފައިބުރުކޮށްލަން ޖެހުނުގޮތް "ސީއެންއެމް"އަށް ކިޔައިދެމުން ބުނީ އޭނަގެ ފައިން ނެގީ އާދައިގެ ފެން ފޮޅެއް ކަމަށެވެ. ނަމަވެސް އެ ފޮޅު ބޮޑުވެ ދޮސްލާން ފެށިކަމާއި، އަދި ބަލަންހުއްޓާ އެ ފޮޅު ނެގި ސަރަހައްދު ކަޅުވާންފެށި ކަމަށެވެ. އެހާ ހިސާބުން ތ. އަތޮޅު ހޮސްޕިޓަލަށް ދެއްކުމަށްފަހު މާލޭ ދިޔަ ކަމަށާއި، ފުރަތަމަ މާލޭގެ ކްލިނިކަކަށް ދެއްކި ކަމަށެވެ. އެހާ ހިސާބުން އެނގުނީ އެއީ ފައިގެ އިންފެކްޝަނެއް ހެދިގެން ދިމާވާ ކަމެއް ކަމަށެވެ.

އެހާ ހިސާބުން ދެން ދިޔައީ އައިޖީއެމްއެޗްއަށް ކަމަށާއި، އައިޖީއެމްއެޗުން ވަގުތުން ލަފާ ދެއްވީ ފުރާނަޔަށް ނުރައްކާވާނެތީ ފައި ބުރުކޮށްލަން ކަމަށްވެސް އައިޝަތު ބުންޏެވެ. 

"ފުރަތަމަ ނިންމީ ފައިތިލަ ބުރި ކުރަން. އެކަމަކު އޮޕަރޭޝަން ކޮށްގެން ނުކުތް އިރު އޮތީ ފައިގެ ކަކުލުހުޅާ ހަމަޔަށް ބުރި ކޮށްފަ. އެ މަންޒަރު ފެނުމުން ވަރަށް ދެރަވި. ވަރަށް އަސަރު ކުރި." އައިޝަތު

މިހާރު އައިޝަތު ދިރިއުޅެނީ އޭނާގެ އަމިއްލަ ރަަށުގައި ކަމަށާއި، ބަލީގެ ސަބަބުން ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށް އައިޝަތު ބުންނެވެ. މިހާރު ފަޔާއި އަތާއި ގައިގެ އެކި ގުނަވަން ތައް ދަނީ ފޮޅު އަޅާ ދޮސްލަމުންނެވެ. އިގިތަކުގައި ފޮޅު އަޅާ ފޫވެއްޓޭ ވަރަށް ގޮސް ހަލާކުވަނުންދާ ކަމަށް ކަމަށް އައިޝަތު ބުންޏެެވެ.

މި ހުރިހާ ކަމަށްވުރެ ސުކޫލުން ދަރިންނަށް ދިމާވާ ކަންތައްތަކަކީ އެއަށްވުރެ މާބޮޑަށް ހިތްދަތި އުނދަގޫތަކެއް ކުރުވާކަންތައްތައްކެއް ކަމަށްވެސް އާސްތު ވަނީ ކިޔައިދީފައެވެ. 

your imageއައިޝަތު މޫސާގެ ހަލާކުވަނުންދާ އަތުގެ އިގިއްޔެއް...

"ބައެއްކުދިން ބުނާނެ މަންމައަކަށް ނާދެވޭނެޔޯ ސުކޫލަކަށް ބަލާ. ދަރިފުޅު ގެއަށް އައިސް އެހެންބުނީމަ ވަރަށް ދެރަވޭ. ދަރުފުޅު ތަންކޮޅެއް ކުޑައިރު ބުނާނެ މަންމަ ފައި ބުރިނުކޮށް، ޑޮކްޓަރު ކީއްވެހޭ އަތް ބުރި ނުކުރީ. އެހެންނޫންނަމަ އަތިރިމައްޗަށް ވެސް ދެވޭނެ ނޫންހޭ." އައިޝަތު

އައިޝަތު ބުނީ މިހާލުގައި އުޅެންޖެހޭތީ ވަރަށް ނިކަމެތި ކަންތައްކެއް އިހުސާސް ކުރެވޭ ކަމަށާއި ގޭގައި ކައްކާ އަންނައުނު ދޮވެ ހުރިހާ ކަމެއްވެސް ކުރަން ޖެހޭނީ ފިރިމީހާއަށް ކަމަށެވެ. އެހެންކަމުން މަސައްކަތެއް ކުރަން ވެސް ފިރިމީހާ އަށް ބޭރަށް ނުދެވޭ ކަމަށް އައިޝަތު ބުންޏެވެ. ނަމަވެސް ބައެއްފަހަރު ގޭގެ ހުރިހާ ކަމެއް ކުރުމަށްފަހު ބޭރުން މަސަަކަތެއް ލިބިއްޖިއްޔާ ފިރިމީހާ ދާ ކަމަށާއި، ނަމަވެސް އެއީ މަދުފަހަރަކު ކަމަށެވެ.

އިތުރަށް އައިޝަތު ބުނީ އާންމުންގެ އެހީތެރިކަމާއިއެކު މިހާރުވެސް މި އަންނަނީ އިންޑިޔާ އަށް ގޮސްފައި ކަމަށާއި، ނަމަވެސް އަދި ފަސްމަސްފަހުން އިންޑިޔާ އަށް ދާން ޖެހޭ ކަމަށެވެ. 

މިހުރިހާ ކަމެއްގެ އިތުރުން އެންމެ ބޮޑު ކަންބޮޑުވުމަކީ ބައްޔަށް އާސަންދަ ލިބެން އޮންނަ އިރުވެސް އާސަންދަ ހޯދަން މާލޭގައި ތިބެޖުމުން އާސަންދަ ހޯދުމަށް ބޮޑު ހަރަދެއް ހޭދަވާތީ ކަމަށްވެސް ވަނީ ކިޔައިދީފައެވެ. އެހެންކަމުން އެންމެފަހުން އިންޑިޔާ އަށް ދިޔައީ އާސަންދަ ނުހޯދާ ކަމަށްވެސް އާސްތު ބުންޏެވެ.

އެގޮތުން އާސަންދަ ހޯދާ ކަމުގައިވާނަމަ ހަފްތާއެއް މާލޭގައި މަޑުކުރަންޖެހޭ ކަމަށާއި، އެގޮތަށް ތިއްބަސް ތިބެންޖެހޭނީ ކޮޓަރި ކުށްޔަށް ނަގައިގެން ކަމުން 700 ނުވަތަ 500 ރުފިޔާ އަށް ކޮޓަރި ކުއްޔަށް ތިބުމަކީ އެހާ ފޯރުންތެރި މީހަކަށް ނުނީ ނުވާނެ ކަމެއް ކަމަށެވެ. ކަން އެގޮތަށް އޮތުމުން ބޭސްފަރުވާ އަށް އިންޑިޔާ އަށް ދިއުމުގައި އާސަންދަ ނުހޯދޭ ކަމަށެވެ.

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ. 

ގުޅޭނެ ނަމްބަރު:އައިޝަތު މޫސާ : 7586803

އެކައުންޓް ނަމްބަރު:  ބީއެމްއެލް ދިވެހި: 7730000259840 (އައިޝަތު މޫސާ)

18%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
82%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް