ads
އީސީގެ ރައީސް ފުއާދު ތައުފީގް
މަނާކުރީ ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް ދީނީ ދަރުސް ދިނުން: އީސީ
ދީނީ ޢިލްމުވެރިން، ދީނީ މައުލޫމާތާއި، ދަރުސް ދެއްވުމަށް ހުރަސް އަޅުއްވާފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމަލު ކުރާނޭ ގަވާއިދު އާންމު ކޮށްފައެވެ. 

އީސީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އެގަވާއިދުގައި ދީނީ އިލްމުވެރީން ދީނީ ދަރުސް ދެއްވުމަށް ހުރަސްއަޅާފައި ނުވާ ކަމަށާއި އެހެންނަމަވެސް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ކުރުމުގެ ގޮތުން ނުވަތަ ތާއީދު ގެއްލުވާލުމަށްޓަކައި އޭގެ ބޭނުން ނުހިފޭނެ ކަމަށެވެ.

ކެންޑިޑޭޓުންނަށް ތާއީދު ހޯދަން މަސައްކަތްކުރާ މީހުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު އެކޮމިޝަނުން ވަނީ އެކުލަވާލާފައެވެ.

އެ ކޮމިޝަނުން އެކުލަވާލާފައިވާ ގަވާއިދުގެ 24 ވަނަމާއްދާގެ ހ.ގެ 3 ވަނަ ނަމްބަރުގައިވަނީ "ދީނީ އެކިއެކި މުނާސަބަތުގައްޔާއ،ި ދީނީ ދަރުސްތަކުގައްޔާއި ޚުޠުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ" ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެއީ ދީނީ ދަރުސް ދިނުމަށް ހުރަސް އެޅޭ މާއްދާައެއް ނޫން ކަމަށެވެ. 

ފިލާވަޅުތަކާއި ކިޔަވައިދިނުން މެދުވެރިކޮށޤ ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރުން ނުވަތަ ނުކުރުންވެސް އެގަވާއިދުގައި ވަނީ މަނާ ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް