ads
ހައްޖުވެރިންނާ އެކު އާބަންކޯ: ހައްޖަށް ދާ ފަރާތްތަކުގެ ދަތުރުގައި އެހީތެރިވުމަށް ދަތުރުވެރިން އެއާޕޯޓަށް އުފުލައިދޭން ވަނީ ފަށާފައި - ފޮޓޯ:އާބަންކޯ
ހައްޖުވެރިންނާ އެކު އާބަންކޯ: ހައްޖުވެރިން އެއާޕޯޓަށް އުފުލައިދޭން ވަނީ ފަށާފައި
މި އަހަރު ރާއްޖޭން ހައްޖަށް ދާ ފަރާތްތަކުގެ ދަތުރުގައި އެހީތެރިވުމަށް އާބަންކޯއިން ދަތުރުވެރިން އެއާޕޯޓަށް އުފުލައިދޭން ފަށައިފިއެވެ.

އާބަންކޯއިން ބުނީ މި އަހަރު ހައްޖުގެ މާތް އަޅުކަމަށް ރާއްޖޭން ފުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އިއްޔެއިން ފެށިގެން މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް އެ ފަރާތްތަކުގެ ލަގެޖާއި ދަތުރުވެރިން އެއާޕޯޓަށް ގެންގޮސްދިނުމުގެ ހިދުމަތް އެ ކޯޕަރޭޝަނުން އަންނަނީ ދެމުން ކަމަށެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް (އެމްއެޗްސީއެލް)، ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް، އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހައްޖުވެރިންނާއި ލަގެޖު އެއާޕޯޓަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން ހައްޖު ކޯޕަރޭޝަނުގެ ހައްޖުވެރިން ގެންދަނީ ޖުމްލަ ތިން ދުވަހު ކަމުގައެވެ. އޭގެ ތެރޭގައި މިއަދު 243 ހައްޖުވެރިން އަދި މި މަހުގެ 16 ވަނަ ދުވަހާއި 19 ވަނަ ދުވަހު 243 ހައްޖުވެރިން ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

your imageހައްޖުވެރިންނާ އެކު އާބަންކޯ: ހައްޖުވެރިން އެއާޕޯޓަށް އުފުލައިދޭން ވަނީ ފަށާފައި - ފޮޓޯ:އާބަންކޯ

އާބަންކޯއިން ބުނެފައިވަނީ ހައްޖުގެ މާތް އަޅުކަމުގައި ބައިވެރިވާ ފަރާތްތަކަށް އެ ކޯޕަރޭޝަނުގެ ފަރާތުން އެހީއެއްގެ ގޮތުގައި ދަތުރު ހަމަޖައްސައިދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް