ads
އެމީ
ރާއްޖެއަށް އައި ކެޓްރީނާ ވައްތަރު މީހަކު ފެނި އެއީ ކެޓްރީނާކަމަށް ގިނަބަޔަކަށް ހީވެއްޖެ
އިންޑިއާ-އޮސްޓްރޭލިއާގެ ބަތަލާ އަދި ސޯޝަލް މީޑިއާ އިންފްލޫއެންސަރު އެމީ ރާއްޖެއައުމުން ގިނަބަަޔަކަށް އެއީ ކެޓްރީނާކައިފް ކަމަށް ހީވެއްޖެއެވެ.

އެމީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ސޯޝަލް މީޑިއާގައި އޭނާގެ ފޮޓޯތައް ވައިރަލް ވަމުން އަންނަނީ ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް އާއި އާދަޔާ ހިލާފު ވައްތަރު ވުމުންނެވެ.

އެމީ އޭނާގެ އެތައް ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާއިރު، އޭނާ ކައިފްއާ ވައްތަރުވާ މިންވަރަށް ގިނަ ބަޔަކު ވަނީ ކޮމެންޓްކޮށްފަ އެވެ.

އެމީގެ މައިންބަފައިންނަކީ އިންޑިއާ އަދި އޮސްޓްރޭލިއާ މީހުންނެވެ. މޮޑެލްއެއްގެ ގޮތުގައި ކެރިއަރު ފެށި އިރު، އޭގެ ފަހުން އޭނާ ވަނީ ގިނަ ފިލްމުތަކާއި ޓީވީ ޝޯތަކުން ފެނިގެން ގޮސްފަ އެވެ. މޮޑެލްއެއްގެ އިތުރުން އެމީއަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ.   އޭނާގެ އަމިއްލަ ލައިނެއްގެ ހެދުމާއި އެކްސެސަރީޒް ވެސް ހުރެއެވެ. 

އޭމީ މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު، އޭނާ އަންނަނީ އޭނާގެ ދަތުރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އެ ތަސްވީރުތަކުން އޭނާ ބިކިނީ އާއި ސްވިމްސޫޓުގައި ޕޯޒް ކުރާތަން ފެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް