ads
ޕެޕް ގާޑިއޯލާ
ކޮންޓްރެކްޓް ހަމަވުމުން ގާޑިއޯލާ، ސިޓީ ދޫކޮށްލަނީ!
މެންޗެސްޓާ ސިޓީގެ ކޯޗުކަމުގެ މަގާމުގައި ހުރި ޕެޕް ގާޑިއޯލާ، އެކްލަބާއެކު ހަދާފައިވާ އެއްބަސްވުން އައު ނުކުރަން ނިންމައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސިޓީއާއެކު ގާޑިއޯލާ މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުއެވެ. ނޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ކޮންޓްރެކްޓް ހަމަވުމުން، ކްލަބު ދޫކޮށްލަން ގާޑިއޯލާ ވަނީ ނިންމާފައެވެ. 

ގާޑިއޯލާ މިގޮތަށް ނިންމާފައިވަނީ ސިޓީއާއެކު މި ސީޒަންގައި ޓްރެބަލް ހާސިލް ކުރުމަށްފަހު ކަމަށްވެއެވެ. މި ސީޒަންގައި ސިޓީން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގު، އިނގިރޭސި ޕްރިމިއާ ލީގު އަދި އިނގިރޭސި އެފްއޭ ކަޕްގެ ތަށި ކާމިޔާބުކޮށްފައެވެ. ސިޓީ ފިޔަވާ ޕްރިމިއާ ލީގުގެ ކްލަބަކަށް މި ތިން ތަށި އެއް ސީޒަނެއްގައި ހޯދިފައިވަނީ މެންޗެސްޓާ ޔުނައިޓެޑަށް އެކަންޏެވެ. 

މީގެ ކުރިން ބާސެލޯނާ އަދި ބަޔާން މިއުނިކަށްވެސް އިރުޝާދު ދިން ގާޑިއޯލާ، ސިޓީ އާއި ހަވާލުވީ 2016 ވަނަ އަހަރުއެވެ. 

ސިޓީ ދޫކޮށްލުމަށްފަހު ގާޑިއޯލާ އިޓާލިއަން ލީގުގެ ޓީމަކާއި ހަވާލުވެދާނެ ކަމުގެ އަޑުތައް މީގެ ކުރިން ފެތުރުނެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުގައި ގާޑިއޯލާގެ ވިސްނުން ހުރީ އިންޓަނޭޝަނަލް ފުޓްބޯޅާގައި ކޮންމެވެސް ގައުމެއްގެ ފުޓްބޯޅަ ޓީމާއި ހަވާލުވުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް