ލިލް ޔޮޗްޓީ އިންސްޓަގްރާމް ސްޓޯރީގައި ޕިއްޒާގެ ފޮޓޯއެއް އާންމުކޮށްފައިވާއިރު، ކެޕްޝަންގައި ލިޔެފައި ވަނީ "ޑްރޭކް ކެއި މި ބައި ކެއި ޕިއްޒާ ސްލައިސް ނީލަމުގައި. ބިޑް ފެށުން 500،000 ޑޮލަރު" ކަމަށެވެ.
ހަގީގަތުގައި އެއްވެސް މީހަކު ޕިއްޒާއަށް ބިޑްކޮށްފައިވާ ކަމެއް ސާފެއް ނުވި ނަމަވެސް ގިނަބައެއްގެ ސަމާލުކަން ވަނީ އެ ޕޯސްޓަށް ލިބިފައެވެ.
ބައެއް މީހުންނަށް އެއީ ސަމާސާއެއް ކަމަށް ދެކޭއިރު، އަނެއް ބަޔަކު ދެކެނީ އެއީ މަލާމާތުގެ ގޮތުގައި ފައިސާ ބޭކާރު ކުރުމަށްކުރާކަމެއްކަމަށެވެ.
ޕިއްޒާ ފޮއްޗަށް ހަގީގަތުގައި 500،000 ޑޮލަރު ދޭން އެއްވެސް މީހަކު ތައްޔާރަށް ހުރިތޯ އެނގޭނީ ހަމައެކަނި ވަގުތުޖެހުމުންނެވެ.