ads
ކުޑަގިރީގައި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައި - ފޮޓޯ:އާބަންކޯ
ކުޑަގިރި: މާލެ ސަރަހައްދުގެ އިވެންޓް ޑެސްޓިނޭޝަނެއް
ކުޑަގިރި ހުޅުވިތާ ހަތަރު މަސްވެފައިވާއިރު ރާއްޖޭގައި ހިންގަމުން އަންނަ ގިނަ ކުންފުނިތަކުގެ ހަފުލާތަކާއި ބޮޑެތި އިވެންޓުތައް އެ ރަށުގައި ބާއްވާފައިވާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން އާބަން ގެޓްއަވޭއެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ކުޑަގިރި އާންމުންނަށް ހުޅުވާލައި އެ ރަށުގެ ހިތްގައިމު ކަމާއި ތަފާތު މާހައުލުގެ އުފާވެރިކަން އާންމުން ހޯދަމުން އަންނަތާ މިހާރު ހަތަރު މަސް ދުވަސް ވެފައިވާއިރު، ހަފުތާ ބަންދުތަކުގައި އާއިލާތަކާއި ރަހުމަތްތެރިންގެ ގްރޫޕްތައް ކުޑަގިރީގެ ޓެންޓުތަކާއި އަށިތައް ފުރާލާ ކަމަށާއި ރޭގަނޑު ގަޑީގެ ބާބަކިއުތަކާއި ބީޗް ޑިނާތަކަށް އެ ރަށަށް ދާ މީހުން މަދު ނޫން ކަމަށެވެ.

މާލެ ސަރަހައްދުގައި އާންމުނަށް ދަތުރު ގޮސް އުޅެވޭނެ ހިތްގައިމު މާހައުލަކަށް ކުޑަގިރި ވެފައިވާ ކަމަށާއި ގިނަ ވަސީލަތްތަކާއި ފަސޭހަތަކާ އެކު ޕްލޭން ކުރެވި ތަރައްގީ ކުރެވިފައިވާ އެ ރަށް ބަލަހައްޓަމުން ގެންދާއިރު އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކުޑަގިރިން ލިބިދޭ ހިދުމަތްތައް އިތުރުކޮށް، ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނެފައިވަނީ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީކޮށްފައިވާ ކުޑަގިރިއަކީ ހަފުލާތަކާއި ޕާޓީ އަދި ކޯޕަރޭޓް އިވެންޓުތައް ބޭއްވުމަށްވެސް ދެވަނައެއް ނެތް ތަނެއް ކަމަށެވެ. 

ކުޑަގިރި ހުޅުވައިގެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގައި ހިންގަމުން އަންނަ ގިނަ ކުންފުނިތަކުގެ ހަފުލާތަކާއި އަހަރީ ޖަލްސާތައް ފަދަ ބޮޑެތި އިވެންޓުތައް އެ ރަށުގައި ބާއްވާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އާބަންކޯއިން ބުނި ގޮތުގައި ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ޖުމްލަ 10 ބޮޑު ކޯޕަރޭޓް އިވެންޓު ކުޑަގިރީގައި ބާއްވާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި އެ ކޯޕަރޭޝަނުގެ އަހަރީ އިވެންޓާއި ދިރާގު އަދި ވެމްކޯގެ އަހަރީ އިވެންޓުގެ އިތުރުން އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި އިވެންޓަކާއި މި ނޫންވެސް އެކި ކުންފުނިތަކުގެ ޓީމް ބިލްޑިން އިވެންޓުތައް ހިމެނޭ ކަމަށް އާބަންކޯއިން ބުނެއެވެ. 

އާބަންކޯއިން ބުނެފައިވަނީ ބޮޑެތި ކޯޕަރޭޓް އިވެންޓުތަކަށް ކުޑަގިރިން ފުރުސަތު ހުޅުވާލާފައިވާއިރު، މިފަދަ އިވެންޓުތައް ބޭއްވުމަށް އެ ރަށުގެ އިވެންޓް ސްޕޭސްގެ އިތުރަށް ގިނަ އެހެން ހިދުމަތްތައްވެސް ފޯރުކޮށްދޭނެ ކަމަށެވެ.

އެގޮތުން އިވެންޓް ޕްރޮޑަކްޝަނުން ފެށިގެން ސެޓަޕް އާއި އިވެންޓަށް ބޭނުންވާ އެފަދަ ހުރިހާ ބޮޑެތި ހިދުމަތްތަކެއް ކުޑަގިރި ޓީމުން ފޯރުކޮށްދޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

your imageގިނަ ކުންފުނިތަކުގެ ހަފުލާތަކާއި ބޮޑެތި އިވެންޓުތައް ކުޑަގިރީގައި ވަނީ ބާއްވާފައި - ފޮޓޯ:އާބަންކޯ

އާބަންކޯއިން ބުނި ގޮތުގައި ކުޑަގިރީގެ މައިގަނޑު ޓާގެޓަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނާއި އާއިލާތަކަށް ހިތްގައިމު މާހައުލެއް ފޯރުކޮށްދިނުން ކަމަށްވާއިރު، އިވެންޓުތައް ބޭއްވުމުގެ ފުރުސަތު އެ ފަރާތްތަކަށްވެސް ވަނީ ހުޅުވާލެވިފައި ކަމުގައެވެ. އެގޮތުން އުފަން ދުވަހުގެ ޕާޓީތަކާއި އެކި ކަހަލަ އާއިލީ އެއްވުންތަކަށް ކުޑަގިރި ބުކްކޮށް، އިވެންޓް ސްޕޭސްއެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ކަމަށް އާބަންކޯއިން ބުނެއެވެ. 

އާބަންކޯއިން ބުނީ އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ޓްރާސްޕޯޓް ހިދުމަތާއި އެހެނިހެން ހިދުމަތްތައް އެ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.

ކުޑަގިރީގައި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލްކޮށްގެން ބުކް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް