ads
އިބްރާހިމް ރަޝީދު (ބޮންޑޭ)
އަދީބު ހަދަނީ ދޮގު އަދީބާ އެންމެފަހުން ދިމާވީ މީގެ 15 އަހަރު ކުރީން: ބޮންޑޭ
ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މަޝްވަރާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބައިވެރިވެވަޑައިގެންނެވި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވި، ވިދާޅުވުމަށް ބޮންޑޭ ޖަވާބު ދެއްވައިފިއެވެ.
Advertisement

ބޮންޑޭ ވިދާޅުވީ ދައުލަތުން މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ދީފައިވާ ހެކީގައި އެއޮތީ ކަނޑައެޅިގެން ދޮގު ހަދާފައި ކަމަށެވެ. 

"ދައުލަތުން ހުށަހެޅި ހެކީގައި އެއޮތީ ދޮގު ހަދާފައި. ޝަރީއަތަށް ކަނޑައެޅިގެން ދޮގު ހެކި ދީފަ. އަޅުގަނޑާ އޭނަޔާ އެންމެ ފަހުން ބައްދަލުވެފަ ވަނީ 17 ވަނަ (ރައްޔިތުންގެ) މަޖިލީހުގެ ކޮމިޓީއެއްގަ. އޭރު އޭނަ ވިޔަފާރި ވެރިންގެ ޖަމިއްޔާއެއްގެ މީހަކަށް ވެގެން މިތަނަށް އަންނަނީ . އެނޫން ގޮތަކަށް އަޅުގަނޑާ އޭނަ ބައްދަލުވެފައެއް ނެތް - ބޮންޑޭ

ކޯޓުގައި މިއަދު އޮތީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ އަހްމަދު ކްރިކް ރިޒާ ލައްވައި ރިޝްވަތުގެ ގޮތުގައި 1.3 މިލިއަން ޑޮލަރު ގަބޫލުކޮށް އޭގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަން ކުންފުނީގެ ދެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެެ އުފުލާފައިވާ ދައުވާގައި ހެކިބަސް ނެގުމެވެ.

ބޮންނޑޭ ވިދާޅުވީ އޭނާގެ އެކައުންޓަކުން ފުއްގިރިއަށް ދެއްކި ފައިސާ (ކްރޮސްޗެކް) އެސްއޯއެފްގެ އެކައުންޓަށް ސަރުކާރުން ޖަމާކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ސަރުކާރުން ހިޔާނަތްތެރިވި ކޮރަޕްޝަންގެ މައްސަލަ 2016 ވަނަ އަހަރު އޭސީސީގެ ސަމާލުކަމަށް ގެންސް ، ބަޔާންދީފައި ވާނެ ކަމަށެވެ. އަދި މިވަގުތު ސަރީއަތުގަައި ކުރިއަށްދާ ފުއްގިރީގެ މައްސަލައިގައި އެ ބަޔާނަކީ ސަރުކާރު ތެރޭން ބަޔަކު ކޮރަޕްޝަން ހިންގިކަމުގެ ކިތާބީ ހެއްކެއް ކަމަށާއި، އަދި އެފައިސާއަކީ ދައުލަތުގެ ފައިސާކަން ޔަގީން ކޮށްދިނުމަށްޓަކައި އޮޑިޓަރ ޖެނެރަލްއަށް އޭސީސީ މެދުވެރިކޮށް ސިޓީއެއްވެސް ވާނީ ހަވާލުކޮށްފައި ކަމަށެވެ.

މިމައްސަލާގައި އަދީބު ދެއްވި ހެކިބަހުގައި ވިދާޅުވީ ފުއްގިރި އިންޑިއާގެ ބަޔަކަށް ދޭން ވިދާޅުވީ ޔާމީން ކަމަށެވެ.  އިންޑިއާގެ ވަރަށް ވަރުގަދަ ބަޔަކު އަންނާނެ ކަމަށާއި އެ މީހުންނަށް 2.5 މިލިއަނަށް ފުއްގިރި ދޭން ރަނގަޅުވާނެ ކަމަށް ޔާމީން ވިދާޅުވިކަމަށެވެ.

އަދި އިންޑިއާ މީހުންނާ ބައްދަލުކުރަން ޔާމީން ވިދާޅުވުމުން ބޭއްވި ބައްދަލުވުމުގައި ބޮންޑޭ ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އަދީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ބައްދަލުވުމުގައި 2.5 މިލިއަނަށް އަގު ކަނޑައަޅައި އެއްބަސްވި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް