ads
އިންޑިޔާގެ އަސްކަރީ މަނަވަރު
އިންޑިއާއާއި ރާއްޖެ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ފަށައިފި
އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީނު "އެކްސް އެކުވެރިން" ގެ ހާއްސަ ތަމްރީން ތަކެއް ފަށައިފިއެވެ.

މިތަމްރީންތައް ކުރިއަށްދަނީ މިމަހުގެ 11 އިން 24 އަށް އިންޑިއާގެ އަވަށެއް ކަމަށްވާ އުއްތަރަކަންދުގެ ޗައުބަޓިއާގައި އެވެ. 

މި އެކްސަސައިޒަކީ އދ.ގެ މެންޑޭޓްގެ ދަށުން ކައުންޓަރ އިންސަރޖެންސީ ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަންސްގައި އިންޓަރއޮޕަރަބިލިޓީ އިތުރުކޮށް، ޖޮއިންޓް ހިއުމެނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަ ރިލީފް އޮޕަރޭޝަންތައް ހިންގުމުގެ މަގްސަދުގައި ކުރިއަށްގެންދާ އެކްސަސައިޒެކެވެ. 

ސާދަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީންގައި އިންޑިއާގެ އަސްކަރިއްޔާއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޕްލެޓޫން ސްޓްރެންތް ކޮންޓިންޖެންޓެއް ބައިވެރިވާނެ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. 

އެމްއެންޑީއެފް އިން ވިދާޅުވީ އިގްތިސާދީ، ސަގާފީ އަދި އަސްކަރީ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގާތް ގުޅުމެއް އުފެދިފައިވާއިރު، "އެކްސް އެކުވެރިން" ގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް