ads
ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ފުޑް ކާނިވަލުގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ދިރާގުން ސޮއިކުރުން - ފޮޓޯ:ދިރާގު
ދިރާގާއި މޯލްޑިވްސް ފުޑް ކާނިވަލުން ކާނިވަލް ހަފުތާއަކަށް ތައްޔާރުވަނީ
ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އާއި މޯލްޑިވްސް ފުޑް ކާނިވަލް ގުޅިގެން ފޯރިގަދަ ކާނިވަލް ހަފުތާއަކަށް ތައްޔާރުވާން ފަށައިފިއެވެ.
Advertisement

ދިރާގުން ބުނީ ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މި ކުލަގަދަ އިވެންޓުގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ސޮއިކޮށްފައި ކަމަށެވެ.

މޯލްޑިވްސް ފުޑް ކާނިވަލަކީ ތަފާތު ކާބޯތަކެއްޗާއި ކަލިނަރީ ޕްރޮޑަކްޓްތައް ދައްކާލުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި މިއުޒިކާ އެކު ބާއްވާ ފަސް ދުވަހުގެ ކާނިވަލެއް ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނެފައިވަނީ މި ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ކާނިވަލުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި "ބިރުވެރި ހޮހަޅަ" އާއި ތަފާތު ދިވެހި ފަންނާނުންނާއި ލަވަކިޔުންތެރިންގެ ހުނަރު ދައްކާލުމަށް އޯޕަން ސްޓޭޖެއްގެ އިތުރުން ކަލިނަރީ މުބާރާތްތަކެއް ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ މި ކާނިވަލުގައި ކާބޯތަކެތީގެ ބާވަތްތައް ވިއްކާ ފަރާތްތަކުން އެފަރާތްތަކުގެ ޕްރޮޑަކްޓްތައް ދައްކާލައި ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކާނިވަލްގެ ތެރޭގައި އާޓިސަން މާކެޓް، ފުޑް ސްޓްރީޓް، ޓީ އެންޑް ކޮފީ ފެސްޓިވަލް އަދި ޓޭސްޓް ދަ ވޯލްޑްއަށް ބަހާލެވިގެން ސްޓޯލްތައް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

"މޯލްޑިވްސް ފުޑް ކާނިވަލްގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ސޮއިކޮށް، މި ކުލަގަދަ އިވެންޓް އާންމުންނާއި ހަމައަށް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ދިވެހި އަދި ބޭރުގެ ތަފާތު ފަރާތްތަކުގެ ކާބޯތަކެތި ދިރާގު ފުޑް ސްޓްރީޓް އަދި އެހެނިހެން ސްޓޯލްތަކުންވެސް ލިބިވަޑައިގަންނަވާނެ. އެހެންކަމުން ހުރިހާ ބޭފުޅުންވެސް 20 ން 24 ޖޫންގައި ހުޅުމާލެ ސެންޓްރަލް ޕާކަށް ޒިޔާރަތްކޮށްލައްވާ،" - ދިރާގުގެ އެސިސްޓަންޓް މެނޭޖަ ބްރޭންޑް، ނާޔާ ޝަރީފް

ތިންކް އެސޯސިއޭޓްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އަދީލް އިސްމާއިލް ވިދާޅުވި ގޮތުގައި ކުރިން ނުފެންނަ ފަދަ ތަފާތު ކާބޯތަކެތީގެ ތަޖުރިބާތަކެއް މި ކާނިވަލަށް ދާ ފަރާތްތަކަށް ލިބޭނެ ކަމުގައެވެ. ތިންކް އެސޯސިއޭޓްސްގެ އުންމީދަކީ ދިރާގާ އެކު އެކި ޗެފުންނާއި ވިޔަފާރިތަކާއި ދިވެހި ފަންނާނުންނާއި ފަންނުވެރިންގެ ހުނަރާއި އުފެއްދުންތައް ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުން ކަމަށް އަދީލް ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދޭފަދަ ތަފާތު މުނިފޫހިފިލުވުމާއި އިޖުތިމާއީ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް