ads
ޖަންގްކޫކް ނިދާފައި
މަޝްހޫރު ލަވަކިއުންތެރިއަކު ލައިވް ސްޓްރީމެއްގައި ނިދައި ގުގުރިދަމައިފި
ބީޓީއެސްގެ މެމްބަރު ޖަންގްކޫކް އާދިއްތަ ދުވަހުގެ ރޭ ލައިވް ސްޓްރީމެއްގައި ނިދިގެން ގުގުރި ދެމިއްޖެއެވެ.

ހަ މިލިއަން މީހުން ބަލަންތިބި މި ލައިވް ސްޓްރީމްގައި އޭނާއަށް ވަނީ 21 މިނެޓުވަންދެން ނިދާފައެވެ. 

ނިދާފައި އޮވެ މޯޅިއަށް ދެމި، ބާލީހުގައި ބެއްދުމުގެ އިތުރުން އޭނާއަށް ވަނީ ގުގުރިވެސް ދެމިފައެވެ. 

އޭނާގެ "ކިއުޓްކަމުން" ފޭނުނަށް މަޖާވެ، ގިނަ ބަޔަކު ޓްވިޓާއަށް ގޮސް އޭނާ ނިދާފައި އޮތް ސްކްރީންޝޮޓާއި ވީޑިއޯތައް ހިއްސާކުރި އެވެ. 

ޖަންގްކޫކް އެންމެ ފަހުން ހޭލައިގެން ނިދާފައި އޮތުމުން މައާފަށް އެދުނު ނަމަވެސް ސަޕޯޓަރުން ތިބީ މަޖާވެފައެވެ. 

އޭނާގެ ކިއުޓްކަމުން ސަޕޯޓަރުން މަޖާވެ، ނިދާފައި އޮތްތަން ވަރަށް ބަލާހިތްވާކަމަށް ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް