ads
ބޯޓުގައި އަލިފާން ރޯވެފައި
މިސްރު ބޯޓެއްގައި ރޯވެ އިނގިރޭސި ވިލާތުގެ ތިން ފަތުރުވެރިން މަރުވެއްޖެ
މިސްރުގެ އައްސޭރީގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ އިނގިރޭސިވިލާތުގެ ތިން ފަތުރުވެރިން މަރުވެއްޖެއެވެ.

ތޭރަ ފަސިންޖަރުންނާއި 6 ފަޅުވެރިންނާއެކު  ދަތުރުކުރި މި ބޯޓުގައި އަލިފާން ރޯވެފައިވަނީ ޑައިވިން ދަތުރެއްގައެވެ. އަލިފާންގަނޑު ވަރަށް އަވަހަށް ފެތުރި، ބޯޓު ވަށާލިއިރު، ސަލާމަތްވީ މަދު ބައެކެވެ.

މަރުވި އިނގިރޭސި ތިން ފަސިންޖަރުންނަކީ ފިރިހެނަކާއި ދެ އަންހެނުންނެވެ. އަނެއް ފަސިންޖަރުންނާއި ފަޅުވެރިންނަކީ މިސްރާއި ފްރާންސްއާއި ޖަރުމަނާއި ސްވިޒަލޭންޑްގެ މީހުންނެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް ބެލެވޭ ގޮތުގައި އަލިފާން ރޯވެފައިވަނީ އިންޖީނުގޭގައެވެ.

މިސްރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ވެސް ވަނީ ތައުޒިޔާ ކިޔާފައެވެ. 

އިނގިރޭސިވިލާތުގެ ހާރިޖީ އޮފީހުން ބުނެފައިވަނީ،  މަރުވި ވެފައިވާ މީހުންގެ އާއިލާތަކަށް ކޮންސިއުލާއިން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

16%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
47%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް