ނެޓް ފްލިކްސް އަށް މިމަހު 29 ވަނަ ދުވަހު ނެރުމަށް ތާވަލު ކޮށްފައިވާ "ލަސްޓް ސްޓޯރީޒް 2" އިން މި ދެ ލޯބިވެންގެ ބޮޑު ރޯލެއް ފެނިގެން ދާނެއެވެ.
ތަމަންނާ ބުނެފައިވަނީ އޭނާ ވިޖޭ ދެކެ ލޯބިވީ "ލަސްޓް ސްޓޯރީސް 2" ގެ ޝޫޓިންގެ ތެރެއިންކަމަށެވެ.
ސެޓްތަކުގައި ރޮމޭންޓިކް ގޮތަކަށް ދެމީހުންގެ މެދުގައި ކަންކަން ބަދަލުވި ކަމަށް ބަތަލާ ހާމަކުރިއިރު، ގިނަބަޔަކު އަންނަނީ މި ފިލްމަށް އިންތިޒާރު ކުރަމުންނެވެ.