ads
ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
ދައުލަތުގެ ދަރަންޏަކީ މާލޭ ސިޓީގެ ދަރަންޏެއް: ރައީސް ނަޝީދު
ބިލިއަނުން ބިލިއަން ބަޖެޓް ބޮޑުވެ އާމްދަނީ އިތުރުވެ ދަރަނި ބޮޑުވެފައިވަނީ މާލޭ ސަރަހައްދަށް ހަރަދު ކުރުމުގެ ސަބަބުން ކަމަށް ދޭހަވާގޮތަށް ވާހަކަފުޅު ދައްކަވާ، ހަގީގަތުގައި ދައުލަތުގެ ދަރަންޏަކީ މާލޭ ސިޓީގެ ދަރަންޏެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ނަޝީދު މިހެން ވިދާޅުވީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ދެވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ޝަރަފުވެރި މެހްމާނެއްގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅު ގައެވެ.

އަތޮޅުތެރެ ތަރައްގީ ކުރުމަށް ވިސްނުން ގެންގުޅެންވީ އަމިއްލައަށް އަމިއްލައަށް ފައިސާ ހޯދައި ލޯނު ނަގައިގެން ކަމަށާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބޮޑު އަމާޒަކަށް ވާންވީ ތިލަދުންމަތީ އިންވެސްޓްމަންޓް ބޭންކެއް ގާއިމް ކުރުނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން އާމްދަނީއާއި ދަރަނި އަމިއްލަ އަތް މައްޗަށް ނެގުމަކީވެސް ތަރައްގީއަށް ޓަކައި ކުރަން ވެއްޖެކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ތިބޭފުޅުންގެ ދަރަނި ތިބޭފުޅުންގެ އަމިއްލަ އަތްމައްޗަށް ނެންގެވުން، މިއަދު ދައުލަތުގެ ދަރަނީގެ ގޮތުގައި އަޅުގަނޑުމެންގެ އުފެއްދުންތެރިކަމުގެ ސަތޭކަ ޕަސެންޓަށް ވުރެ ބޮޑަށް އުފެދިގެން މިދިޔައީ، މިއަދު ދައުލަތުގެ ދަރަންޏޭ ކިޔާއިރުގަ މި ބިލިއަން ބިލިއަން ޑޮލަރުތަކުގެ ތެރެއިން ހިނގާ މިނާލަން ކުޅުދުއްފުށީ ސިޓީގައި އޮތީ ކިހާ ރުފިޔާއެއްތޯ، ކިހާ ދަރަންޏެއްތޯ ހަރަދު ކުރެވިފައޮތީ، ނުވަތަ ތިލަދުން މައްޗަށް ކިހާ ދަރަންޏެއްތޯ، ހަގީގަތުގައި މިއަދުގެ ދައުލަތުގެ ދަރަންޏަކީ މާލޭ ސިޓީ ކައުންސިލްގެ ދަރަންޏެއް" - ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ދަރަނި މާލެއަށް ދިނުމަށްފަހު ކުޅުދުއްފުށީ ސިޓީން އުފައްދަންވީ އަމިއްލަ ދަރަނި ކަމަށެވެ.

އަދި އެދަރަނީގައި ދެމެހެއްޓެނިވި ތަރައްގީ ހޯދަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ތަރައްގީއަށް ޓަކައި ކުޅުދުއްފުށީގެ އުފެއްދުންތެރިކަމާ އެއްވަރަށް އާމްދަނީއާއި ލޯނު ހޯދަން ޖެހޭކަމަށާއި އެފައިސާއިން ތަރައްގީ ގެންނަނަވެއްޖެކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް