ads
ގދ. ފިޔޯރީ/ މަރުޔަމް މުޙައްމަދުދީ....
ބަސް އުނދަގޫ ކުއްޖަކަށް، ޤުރުއާން ކިޔަވައިދޭން ފެށި ގޮތަށް މެދުނުކެނޑި 30 އަހަރު!
ޖާހިލުކަން ނައްތާލާ ހުލްގުހެޔޮ ޖީލެއް ބިނާކުރުމަށް ބޭނުންވަނީ ތައުލީމެވެ. އެންމެ ކުޑައިރުންފެށިގެން ތައުލީމުގެ ބިންގާ ހެޔޮގޮތުގައި އެޅިއްޖެ ނަމަ އެމީހެއްގެ މުސްތަގުބަލް އަލިވެގެންދާނެކަން ޔަގީނެވެ. ގދ. ފިޔޯރި މަރުޔަމް މުހައްމަދުދިދީ ވެސް ދައްކައިދިނީ މި ކަންތައްތަކެވެ. އޭނާ އަށް ލިބިފައިވާ އިލްމުން އެތައް ކުދިންނެއް ގުރުއާނުގެ ލޯބިން ހިތް އަލިކޮށްދީފިއެވެ.
Advertisement

މަންމަގެ އުނގުން ފެށިހެން ކަށްވަޅަށްދާންދެން އިލްމު އުނގުނެން ޖެހެއެވެ. އިލްމު ހާސިލްކުރުމުގެ ފުރަތަމަ ދޮރޯއްޓަކީ މައިމީހާވެސްމެއެވެ. އެހެންކަމަށްވާއިރު، އެ މައިމީހާގެ އުނގުން އިލްމުގެ ދޮރޯށި ހުޅުވުނު ނަމަވެސް ތައުލީމީ އިތުރު ހަރުފަތަކަށް ކުރިލާ ފޯދުމަށް ކުއްޖާ އެހެންދިމާލަކަށް ފޮނުވަންޖެހެއެވެ.

އެގޮތުން އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި ކުދިންގެ ތައުލިމުގެ ކުރިބޯށި ބައްޓަންކުރުމަށް ފުރަތަމަ އިސްކަންދީފައިވަނީ ކީރިތި ގުރުއާނަށެވެ. އެހާ ހިސާބުން ޤުރުއާނަށް ފަރިތަކޮށް ކިޔަވައިދިނުމަށް މޮޅު އެނދުރު ދައިތައެއްގެ އެހީ ހޯދަން ޖެހެއެވެ. މިފަދަ އެނދުރު ދައިތައިން ކޮންމެ ރަށެއްގައިވެސް ތިބެއެވެ. އެނދުރުގޭގެ ހަނދާން ތަކަކީ މިހާރު މާޒީވެސް މެއެވެ. ނަމަވެސް އެއީ އުފާވެރި ހަނދާންތަކެކެވެ.

ބައެއް ކުދިންނަށް ކިޔަވައިދިނުމުގެ ފުރަތަމަ މަރުހަލާގައި އުނދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ. ބަސްކިއުމާއި ދޫފަރިތަ ނުވުމުގެ ސަބަބުންނެވެ. އެފަދަ ކުދިނަށް ގުރުއާން އުގަންނައިދެނީ ގިނަފަހަރަށް މަންމައެވެ. ސަބަބަކީ އެނދުރުގެއަށް ކިޔަވަންލުމުން ނުކިޔަވާ ކުއްޖަކަށް އަތްތިލައިގެ ހޫނު އެ ކުދިންނަށް އަމާޒު ވާތީވެސް މެއެވެ. 

ޤުރުއާނަކީ، ކިޔަވަންފަށައިފިއްޔާ، މިހާގެ ހިތް އެއަށް ވައްދާ އެއްޗެކެވެ. އަދި ހުއްޓާނުލާ އެކަން ކުރަންފަށައިފިއްޔާ ހިތްޖެހޭ ކަމެއްވެސްމެއެވެ. އެގޮތުން "ފިޔޯރީ" މަރުޔަމް މުހައްމަދުދީދީވެސް ކުދިންނަށް ގުރުއާން އުނގަންނައިދިނުމުގެ ތެރެއަށް ވަދެވުނު ގޮތް އޭނާ ވަނީ ކިޔައިދީފައެވެ.

މަރުޔަމް "ސީއެންއެމް" އަށް ބުނީ ފުރަތަ ގުރުއާން ކިޔަވައިދިނުމަށް އެދުރުދައިތަ އަކަށް ވެވުނު ގޮތަކީ އޭނަގެ އަންހެން ދަރިއެއްގެ ކުއްޖަކު ކިޔަވާ އުމުރަށް އެޅި، އެ ކުއްޖާއަށް ކިޔަވައިދޭން މީހުންގެ ކައިރިއަށް ދިއުމުން ރަށުގެ ކިޔަވައިދޭ މީހުންގެ ތެރެއިން، އެއްވެސް މީހަކު އެއްކުއްޖާއާއި ހަވާލު ނުވުމުން ކަމަށެވެ. އެގޮތުން އެ ކުއްޖާ އާއި ހަވާލުނުވީ އެއީ ވާހަކަ ދެއްކުމާއި ބަސްކިޔަން އުނދަގޫ ކުއްޖަކަށްވާތީ ކަމަށެވެ.

"އެއްދުވަހު ދަރިފުޅު އައިސްބުނި މަންމާއޭ މި ކުއްޖާ އަށް ކިހިނެތްހޭ ހަނދާނީ އެއްވެސް މީހަކު މި ކުއްޖާ އަށް އެއްބަހެއް ނުވިއޭ ކިޔަވައިދޭން. ބަސް އުނދަގޫ ވިޔަސް ކިޔަވައިދޭން ޖެހޭނެ ނޫންހޭ. ދަރިފުޅު ގޮތް، ހުސްވެ އައުމުން ބުނިން ދެން މަންމައޭ ތިކަން ކުރާނީ." މަރުޔަމް

އެހާ ހިސާބުން އެ ކުއްޖާ ގޮވައިގެން ޤުރުއާން ކިޔަވައިދޭން ފެށި ކަމަށާއި، މީހުންވެސް އެމީހުންގެ ދަރިނަނަށް ކިޔެވައިދިނުމަށް އަންނަންފެށި ކަމަށެވެ. އެގޮތުން މަޑުމަޑުމަޑުން ކުދިން ލިބެނުންގޮސް ކުދިން ގިނަވަމުން ދިޔަކަމަށެވެ. އެއީ ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށާއި، އެކަމާ ވަރަށް ބޮޑަށް އުފާވާ ކަމަށްވެސް މަރުޔަމް ބުންޏެވެ.

ފަތިހު ތެދުވާ ގޮތަށް ނަމާދުކޮށް އަވަދިވެގެން އެހާ ހިސާބުން ކިޔައވައިދޭން ފަށާ ކަމަށާއި، ތިން އިރަށް ކުދިނަށް ކިޔަވައިދޭ ކަމަށެވެ. ފިލާން ކިޔަވައިދިނުމުގެ އިތުރުން ވޮށިފިލާ އަޅާ ކަމަށާއި އަދި އައްމާ ފޮތުންވެސް ކުދިންނަށް ކިޔަވައިދޭ ކަމަށް މަރުޔަމް ބުންޏެވެ.

މެދުނުކެނޑި 30 އަހަރުވަންދެން ކުރި މަސައްކަތުން 70 އެއްހާ ކުދިންނަށް މަރިޔަމްދީދީ ވަނީ ގުރުއާން އުނގަންނައިދީފައެވެ. 

ތައުލީމުގެ ހެޔޮ ދޯރޯށިން އެ އަލިކަން ހޯދައިދީފައިއެވެ. އުމުރުން މިހާރު 76 އަހަރުއެވެ. މަރުޔަމް އަދިވެސް ކުދިންނަށް ޤުރުއާން ކިޔަވައިދޭން ބޭނުންވެއެވެ. ނަމަވެސް އުމުރުގެ ދުވަސް ކަމާއި ބަލިމަކަމުގެ ސަބަބުން މީހާގެ ގައިގައި ހަކަތައެއް ނުހުރެއެއެވެ. މިހާރު ކުދިންނަށް ކިޔަވައިދިނުމުގެ ހިތްވަރެއްވެސް ނުހުންނަ ކަމަށާއި، އެކަމަކުވެސް ދަރިން އަބަދު ކިޔާތީ އަދިވެސް މާމަ ދަރިންނަށް ކިޔަވައިދޭ ކަމަށްވެސް މަރުޔަމް ބުންޏެއެވެ.

"އެގޮތުން ކިޔަވައިދިން ކުދިން މިހާރު ފެނުނީމަވެސް ވަރަށް އުފާވޭ. އަދި އެކުދިންވެސް ވަރަށް އުފާވޭ ދައްތަ ފެނުނީމަ. ހަދިޔާވެސް ދީ ހަނދާނެ މާލޭގަ އުޅޭ ދެ ކުއްޖަކު ފަހުން ގެނައި ދައްތައަށް ސެންޓާއި ބުރުގާއާއި. ދައްތަ ވަރަށް އުފާވި" މަރުޔަމް

ފުރަތަމަ ކިޔަވައިދޭން ފެށީ ދަރިފުޅުގެ، ބަސްއުނދަގޫ ކުއްޖަކަށް ކަމަށާއި، ފަހުންވެސް އެގޮތަށް ރަށު އެހެންމީހެއްގެ ބަސްއުނދަގޫ ކުއްޖަކަށްވެސް ކިޔަވައިދީފައިވާ ކަމަށް މަރުޔަމް ބުންޏެވެ.

''މިހާރުވެސް އެކުއްޖާ ބުނާނެ މަރުޔަމް ދައްތަގެ މަސައްކަތް އަގުވަޒަން ކުރާ ކަމަށް. އަޅުގަނޑަށް ޤުރުއާނުގެ އިލްމުގެ އަލިކަންހޯދައިދިނީ މަރުޔަމް ދައްތަގެ ހިތް ވަރުން ކަމަށް. އެފަދަ ބަސްތައް އަޑުއިވޭތީ ވަރަށް އުފާވޭ." މަރިޔަމް

އުމުރުން 40 އަހަރުގައި ކުރަންފެށި މަސައްކަތަށް މިހާރު އޭގެ ފަހުން 30 އަހަރު ވެފައިވާ ކަމަށް ބުނެ މަރުޔަމް ބުނެފައިވަނީ ކައުންސިލުން ރަށަށް ހިދުމްތަކުރި މީހުންނަށް ދެއްވި ސެޓްފިކެޓްވެސް ލިބިފައިވާ ކަމަށެވެ. އަދި އެއީވެސް ލިބިފައިވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ބަސް އުނދަގޫ ކުއްޖަކަށް ޤުރުއާން ކިޔަވައިދޭން ފެށިގޮތަށް މަރުޔަމްދީދީވަނީ މެދުނުކެނޑި 30 އަހަރުވަންދެން ރަށުގައި ޤުރުއާން ކިޔަވައިދީ ޤުރުއާނަށް ފަރިތަ ޖީލެއް ބިނާ ކޮށްފައެވެ. މަރުޔަމް ބުނީ އެދެނީ މިދުނިޔޭގެ ހެވާ ލާބައަށްވުރެ އެދުނިޔޭގެ ހެޔޮ ނިއުމަތް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް