ads
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
މިއަދު އަޅުގަނޑު ހިތައް އަރާ އަޅުގަނޑުގެ އަހުލާގު ހާދަ ރަނގަޅޭ: ޖާބިރު
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަހުލާހު ހާދަ ރަނގަޅޭ މިއަދު އޭނާ އަމިއްލައަށް ހިތައް އަރާކަމަށް ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ އިދިކޮޅު މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުރަސްއަޅައި މަޖިލީހުގެ ތެރޭގައި މުޒާހަރާކުރަމުން ގެންދާތީއެވެ. 

ނިޒާމީ ނުކުތާއެއް ނަންގަވާ ޖާބިރު މިއަދު ވިދާޅުވީ "މިއަދު އަޅުގަނޑު ހިތައްއަރާ އަޅުގަނޑު ހާދަ އަހުލާގު ރަނގަޅޭ. އަޅުގަނޑު މިއެދެނީ މަޖިލިސް ކޮޅެއްގަ ޖައްސަމާ ހިނގާށޭ. މިއަދު މިކަން ނިންމާފައޭ އަޅުގަނޑު ދާނީ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު "ބޮޑުތަނުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކާމިޔާބު ކުރައްވާނެ" ކަމަށެވެ. 

ޖާބިރު މިވަގުތު މަސައްކަތް ކުރައްވަނީ ސަރުކާރު ކޯލިޝަނުގެ މެންބަރުންނާއެކުއެވެ. މަޖިލީހުގެ ރައީސް މަގާމުން ދުރުކުރަން ސޮއިކުރެއްވި 55 މެންބަރުންގެ ތެރޭގައި ވެސް ޖާބިރު ހިމެނިވަޑައިގަންނަވައެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރަމުން ގެންދަނީ މަޖިލީހުގެ ކޮމެޓީތައް އެކުލަވާލުމުގައި ސަރުކާރުގައި އޮތް އެމްޑީޕީއަށް 'ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ' 64 ޕަސަންޓު ދިނުމަށް ނިންމުމަކީ އިންސާފެއް ނޫންކަމަށް ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް