ads
މެލޭޝިއަން ޓެކްނިކަލް ކޮލެޖް
މެލޭޝިއާ ސަރުކާރުންދޭ ސްކޮލާޝިޕަށް ހުޅުވާލައިފި
މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް (އެމްޓީސީޕީ) ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ދިވެހީންނަށް ހުޅުވާލައިފިއެވެ.

މި ސްކޮލާޝިޕަކީ މެލޭޝިއާ ސަރުކާރުން ސްޕޮންސާކުރާ ސްކޮލަޝިޕަކަށް ވުމުން ޓިއުޝަން ފީ އާއި އެހެނިހެން ފީތައް އެ ގައުމުގެ ސަރުކާރުން ބަލަހައްޓާނެއެވެ.

މި އަހަރު އެމްޓީސީޕީ ސްކޮލާޝިޕްގައި ގިނަ އަދަދެއްގެ ކޯސްތައް ހިމަނާފައި ވެއެވެ. އެގޮތުން އިކޮނޮމީ އެންޑް ފިނޭންސް، އެޑިއުކޭޝަން، އެންވަޔަރަމަންޓް، ޓެކްނޮލޮޖީ އަދި ޓުއަރިޒަމް ފަދަ ދާއިރާތައް ފާހަގަކޮށްލެވެއެވެ.

މި ސްކޮލަޝިޕްގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ، މާސްޓާސް ޑިގްރީ ޕްރޮގްރާމްތަކެއް ކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުންޏެވެ. 

މީގެ އިތުރުން، މިނިސްޓްރީން ބުނެފައި ވަނީ، ކޯސްތަކަށް ހޮވޭ ފަރާތްތަކުން ކޯހަށް ފުރުމުގެ ކުރިން އެ ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ އިންސްޓިޓިއުޓެއްތޯ ޔަގީންކުރުމުމަކީ ކޯހަށް އެދި ހުށައަޅާފަރާތުގެ ޒިންމާއެއް ކަމަށެވެ. 

އެހެންކަމުން މި ކޯސްތަކުގައި ބައިވެރި ވުމަށް ޝައުގުވެރިވާ މީހުން، މި މަހުގެ 30ވަނަ ދުވަހުގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެއެވެ. އަދި އެންޑޯޒް ފޯމް އެންޑޯޒް ކުރުމަށްޓަކާ މި މަހުގެ 22ގެ ކުރިން ފޮރިން މިނިސްޓްރީގެ އީމެއިލްއަށް އެންޑޯޒްމަންޓް ފޯމް އީމެއިލް ކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް