ads
ރާއްޖޭން ޔޫރަޕަށް ބޭރުކުރާ މަހުން ޑިއުޓީ ކަނޑާލުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާއިން ކުރިއެެރުން ވަނީ ހޯދާފައި - ފޮޓޯ:މިފްކޯ
ރާއްޖޭން ޔޫރަޕަށް ބޭރުކުރާ މަހުން ޑިއުޓީ ކަނޑާލުމާ ގާތަށް
ރާއްޖޭން ޔޫރަޕުގެ ގައުމުތަކަށް ބޭރުކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމަށް ކުރަމުންދާ މަޝްވަރާތަކުގައި ކުރިއެރުން ހޯދައިފިއެވެ.

ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު އިއްޔެ ބްރަސެލްސްގައި ބޭއްވުނު ހަތަރުވަނަ އިސްވެރިންގެ ބައްދަލުވުމުގައި އީޔޫއިން ވަނީ ރާއްޖޭން 2022 ވަނަ އަހަރު އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ ފުރިހަމަ މެންބަރަކަށްވުމާއި އީޔޫ އާއި އޯއޭސީޕީއެސް އެއްބަސްވުމުގައި އަލަށް ސޮއިކުރިކަން ފާހަގަކޮށް އެ ކަމަށް މަރުހަބާ ކިޔާފައެވެ.

އީޔޫއިން ފާހަގަކުރި ގޮތުގައި ރާއްޖޭން މި އެއްބަސްވުމުގައި ބައިވެރިވުމުގެ ސަބަބުން އޯއޭސީޕީއެސް އާއި އީޔޫއިން ގާއިމުކޮށްފައިވާ އީސްޓާން އެންޑް ސަދާން އެފްރިކަން ގްރޫޕުގެ އިންޓަރިމް އިކޮނޮމިކް ޕާޓްނާޝިޕް އެގްރީމަންޓުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމުގައެވެ. އިކޮނޮމިކް ޕާޓްނަޝިޕް އެގްރީމަންޓުގައި ބައިވެރިވުމާ އެކު ރާއްޖޭން ޔޫރަޕަށް ބޭރުކުރާ މަހުގެ އުފެއްދުންތަކުން ޓެކްސް ނުނަގާ ޔޫރަޕަށް އެތެރެކުރެވޭނެއެވެ.

އެ ބައްދަލުވުމުގައި ރާއްޖެ އާއި އީޔޫއިން ވަނީ އެ އެގްރީމަންޓުގައި ބައިވެރިވުމާ ގުޅޭގޮތުން ކުރިއަށް އޮތް ތަނުގައި ކުރަން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.

މިހާރު ރާއްޖޭން ޔޫރަޕަށް ދިވެހި މަހުގެ އުފެއްދުންތައް އެތެރެކުރުމަށް 24 އިންސައްތައިގެ ޓެކުހެއް ދައްކަން ޖެހެއެވެ. އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި މަހުގެ އުފެއްދުންތަކަށް ހެޔޮ އަގެއް ލިބުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.

ރާއްޖޭން ޔޫރަޕުގެ ގައުމުތަކަށް ބޭރުކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމަށް ކުރަމުންދާ މަޝްވަރާތަކުގައި ކުރިއެރުން ހޯދާފައިވާއިރު ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ފްރީ ޓްރޭޑްގެ އެއްބަސްވުން އެކުލަވާލުމުގެ މަޝްވަރާތައް ފަށަން ނިންމާފައިވާކަން އެ ގައުމުން ނިމިދިޔަ ހަފުތާގައި ވަނީ އިއުލާނުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް