ads
އަލީ ވަހީދު ޓްއަރިޒަމް މިނިސްޓަރިކަމުގައި ހުންނެވި އިރި
ެއަލީ ވަހީދަށް ކުރި ޖިންސީ ކުށުގެ ދައުވާތައް އަނބުރާ ގެންގޮސްފި
ސާބިތުކުރަން ބޭނުންވާ ހެކި ލިބޭނެ ގޮތެއް ނެތް ކަމަށް ބަލައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ކުށުގެ ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.
Advertisement

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަލީ ވަހީދު ކޯޓަށް ހާޒިރުކުރެވޭނެ ގޮތެއް ނެތިގެން ކޯޓުން ސެޕްޓެމްބަރު 22، 2022 ގައި ދައުވާތައް އަނބުރާ އެ އޮފީހަށް ފޮނުވާލާފައިވާ ކަމަށެވެ. 

އެހެންވެ އަލީ ވަހީދު ރާއްޖެއަށް އައުމުން އަލުން ހުށަހަޅަން ބުނެ އެ މައްސަލަ އޮކްޓޫބަރު 6. 2022 ގައި ޕީޖީ އޮފީހުން އަލުން ފުލުސް އޮފީހަށް ފޮނުވީ އެވެ. 

ޕީޖީ އޮފީހުން ބުނީ ދައުވާތައް އަނބުރާ ގެންދަން ނިންމީ، އަލީ ވަހީދުގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނެ ކުރިން ބަޔާންދިން މީހުންނާއި އަލީ ވަހީދާ ދެކޮޅަށް ހެކިބަސް ދޭން ބަޔާން ދިން މީހުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި ބަޔާންތައް އަނބުރާ ގެންދަން އެދި ފުލުހުންނަށް ތަކުރާރުކޮށް ސިޓީ ފޮނުއްވަމުން ގެންދެވުމާއި އަދި މައްސަލަ އަލުން މުރާޖައާކޮށްދޭން ފުލުހުން އެދުނު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަލީ ވަހީދު ރާއްޖޭން ބޭރުގައި ފިލައިގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އަލީ ވަހީދު ގެންނަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ޕީޖީ އޮފީހުން ބުނީ އެ މީހުންގެ ހެކިބަހާނުލައި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްތޯ ބަލައި ދިރާސާކުރި އިރު، މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށް ވާތީ އެ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތުކުރެވިދާނެ އެއްވެސް މަގެއް ނެތުމުން ދައުވާތައް ކުރިއަށް ނުގެންދިއުމަށް ނިންމައި، މައްސަލަ އަނބުރާ ގެންދިޔައީ އެވެ. 

އަލީ ވަހީދު ރާއްޖޭން ބޭރުގައި ފިލައިގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އަލީ ވަހީދު ގެންނަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.

އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އެ ކޯޓުން ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކުރީ ޖާމިނުވާ މީހެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އެއްބަސްވުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކޮށްފައިވަނީ ސުލޫކީ މައްސަލަތަކެއް ބަލަމުން އައި ހަސަން ސައީދު ގާޒީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް