ރާއްޖޭގެ ބައެއް ނޫސްތަކުގަ ރޭ ރިޕޯޓުކޮށްފައިވާގޮތުން، ފުލުހުން ރޭ ވަނީ އެޑަމް އާއި މީހެއްގެ އަންބެއް ބަދު އަހުލާގީ އަމަލު ހިންގަނިކޮށް ހައްޔަރުކޮށްފައެވެ.
ނަމަވެސް މިއަދު އެޑަމް ކުރި ޓުވީޓެއްގައި ބުނެފައިވަނީ "އެއީ ދޮގު ހަބަރެއް" ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަގޮތުން އަންހެނަކާއި ފިރިހެނަކު ގެސްޓު ހައުސްއަކުން ނެރިގެން ފުލުހުންގެ ކާރަކަށް ލައިގެން ގެންދެއެވެ. ދެމީހުން ވެސް އެ ގެސްޓު ހައުސް އިން ނެރެނީ މޫނު ނިވާކޮށްގެނެވެ.
އެ ވީޑިއޯ ޓެގްކޮށް އެޑަމް މިއަދު ބުނެފައިވަނީ އެއީ ދޮގު ހަބަރެއްކަމަށެވެ.
އެއީ ދޮގެއްކަމަށް އެޑަމްބުނި ނަމަވެސް، ބައެއް މީހުން އަންނަނީ އެޑަމްއާއި އެ އަންހެން މީހާއާއެކު ނަގާފައިވާ ފޮޓޯއެއް ސޯސަލް މީޑިއާގައި ދައުރުކުރަމުންނެވެ.