ads
ނެޓްފްލިކްސް ބައިޓްސް
ނެޓްފްލިކް އިން ރެސްޓޯރަންޓެއް ހުޅުވަނީ
ނެޓްފްލިކްސް އިން މި ޖޫން މަހުގެ 30 ގައި ލޮސް އެންޖެލިސްގައި ޕޮޕް އަޕް ރެސްޓޯރެންޓެއް ހުޅުވަން ނިންމައިފިއެވެ.

ރެސްޓައުރަންޓު ހުޅުވާއިރު ނެޓްފްލިކްސްގެ އެންމެ މަގުބޫލު ޝޯތަކުން ފެނުނު ބައެއް ކައްކާއިންގެ ކެއުންތައް ދައްކާލާނެއެވެ. ސްކޮޓް، ޖެކް ޓޮރޭސް، އަދި އެންޑްރޫ ޒިމާން އޭގެ ތެރޭގައި ހިމެނެއެވެ. "ޑްރިންކް މާސްޓާސް" ގެ މިކްސޮލޮޖިސްޓުން ފަރުމާކޮށްފައިވާ ކޮކްޓެއިލްތައް ވެސް ހުންނާނެ އެވެ.

ލޮސް އެންޖެލިސްގެ ޝޯޓް ސްޓޯރީސް ހޮޓަލުގައި ހުންނަ މި ރެސްޓޯރެންޓް ހަފްތާއަކު ހަތް ދުވަހު ހަވީރު 5:00 އިން ރޭގަނޑު 10:00 އަށް ހުޅުވާއިރު، ހަފްތާ ބަންދުގައި އިތުރު ބްރަންޗް ހިދުމަތެއް ވެސް ލިބޭނެ އެވެ. "ނެޓްފްލިކްސްބައިޓްސް ޑޮޓްކޮމް" އިން އޮންލައިންކޮށް ރިޒަރވޭޝަން ހެއްދޭނެއެވެ. 

"ނެޓްފްލިކްސް ބައިޓްސް" ގެ ނަމުގައި ހުޅުވާ މި ރެސްޓައުރަންޓު އަކީ ނެޓްފިކްސްގެ ސީރީޒްތަކުން ފެންނަ މަންޒަރުތައް ހަގީގަތަކަށް ހެދުމަށް ނެޓްފްލިކްސް އިން ފަށާފައިވާ މަސައްކަތްތަކުގެ ބައެކެވެ. 

ފާއިތުވި އަހަރުތަކުގައި ނެޓްފްލިކްސް އިން ވަނީ ގިނަ އަދަދެއްގެ ރީޓެއިލް ފިހާރަތައްވެސް ހުޅުވާފައެވެ. އޭގެ ތެރޭގައި ނިއުޔޯކް ސިޓީގައި ސްޓްރޭންޖާ ތިންގްސް ޕޮޕް އަޕް އާއި ލަންޑަނުގައި ބްރިޖާޓަން ޕޮޕް އަޕް ހިމެނެއެވެ.

ޕޮޕް އަޕް ރެސްޓޯރެންޓަކީ ނެޓްފްލިކްސް އިން އާ ގޮތަކަށް ފޭނުންނާ ގުޅިގެން މަސައްކަތް ކުރާނެ ގޮތެކެވެ. އަދި ނެޓްފްލިކްސް އިން އެ ކުންފުނީގެ އަސްލު ޕްރޮގްރާމްތައް ޕްރޮމޯޓްކޮށް، އާ ސަބްސްކްރައިބަރުން ގެ ޝައުގުވެރިކަން އިތުރުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް