ads
މައްކާގައި ހުންނަ ކަޢުބްތުﷲ ގެފުޅު
ގަވާއިދާ ހިލާފަށް މައްކާއަށް މީހުން ގެންދާނަމަ ބޮޑު އަދަބެއް
ހައްޖު މޫސުމާ ދިމާކޮށް ގަވާއިދާ ހިލާފަށް ހުއްދަނެތި މައްކާއަށް މީހުން އެތެރެކުރާ ނަމަ ޖަލު ހުކުމަކާއި ބޮޑު ޖޫރިމަނާއެއް ކުރާނެކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.

ސައުދީ ސަރުކާރުން ބުނީ ހައްޖަށް މީހުން ސްމަގުލް ކުރާނަމަ އަދި އެގޮތަށް މީހުން ގެންގޮސްގެން އުޅެނިކޮށް އަތުލައި ގަނެވިއްޖެ ނަމަ އެމީހަކު ހަ މަސް ދުވަހަށް ޖަލަށް ލުމުގެ އިތުރުން 50000 ސައުދީ ރިޔާލުން (13332 ޑޮލަރު) ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. 

ސައުދީ ސަރުކާރުން ބުނީ ބައިލައްކަ ރިޔާލްއަކީ ސްމަގުލްކުރާ ކޮންމެ މީހަކަށް ޖޫރިމަނާ ކުރެވޭނެ އަދަދު ކަމަށާއި އެގޮތަށް ގިނަ މީހުން ސްމަގުލްކޮށްފި ނަމަ ކޮންމެ ބޮލަކަށް ބައިލައްކަ ރިޔާލުގެ މަގުން ޖޫރިމަނާ ކުރެވޭނެކަމަށެވެ.

މީގެއިތުރުން އެގޮތަށް އެތެރެވާން މަސައްކަތް ކުރާ މީހުން ދެން ސައުދީއަށް ނުވަދެވޭގޮތަށް ޑީޕޯޓްކޮށްލާނެކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

މީގެއިތުރުން ސައުދީ ރައްޔިތަކަށް ވިޔަސް މާދަމާއިން ފެށިގެން މައްކާއަށް ވަދެވޭނީ ހައްޖު ނުވަތަ އުމްރާގެ ހުއްދަ އޮންނަ ފަރާތްތަކަށާއި މައްކާގައި މަސައްކަތްކުރާ މީހުންނަށާއި މައްކާގެ ވަޒަން ވެރިންނަށް އެކަނިކަމަށްވެސް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް