ads
ޑރ. މުހައްމަދު އިޔާޒް
ޕީޕީއެމްއަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޕާޓީއެއް: ޑރ އިޔާޒް
ޕީޕީއެމްއަކީ ޓެރެރިޒަމްއަށް ހިތްވަރުދޭ ޕާޓީއެއް ކަމަށް, ދީނީ އިލްމުވެރިޔާ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ މުހައްމަދު ޢިޔާޒު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވެފައިވަނީ އިއްޔެ މަގުމަތިން އޭނާއާއި ދިމާކޮށްލުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު އިދިކޮޅު ޕީޕީއެމް-ޕީއެންސީން ކުރިއަށްގެންދިޔަ އެއްވުމުގައި ބައިވެރިވި ފަރާތްތަކުން އިއްޔެ މަގުމަތިން ދިމާކޮށްލާފައިވަނިކޮށެވެ.

އިތުރު ޓްވީޓެއްގައި އިޔާާޒް ވިދާޅުވީ ޕީޕީއެމްގައި ތިބީ އަހްގީއް ނެތް މީހުން ކަމަށެވެ. އަދި ރައީސް ޔާމީނުން ފެށިގެން ޕީޕީއެމްގެ އެކްސްޓިވިސްޓުންނަކީ ވެސް މިފަދަ ބައެއެއް ކަމުގައި ވިދާޅުވިއެވެ. 

" ހަގީގަތަކީ ޕީޕީއެމް ގެ އެންމެ މަތިން ތިރިޔަށްވެސް އަދަބެއް އަހްލާގެއް ނެތުން. ޝަރީޢަތުގެ މަޖްލިސްގައި ބްރޭކް ލިބޭ ގަޑީގައި ވަކީލުންނާއި ދިމާކުރުން, ޝަރީއަތުގެ މަޖްލިސްތެރޭ ހެކިބަސްދޭން ހުންނަ މިހާ އަށް ބިރުދެއްކުންޖޖ ފަދަ ނާތަހުޒީބު އަމަލުތައް މަތިންވެސް ފެންނަނީ. އެހެންވީމާ, ދަށުގައި ތިބޭ މީހުންވެސް އެފާޑަށް އެޅުނީ. " - އިޔާޒް

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިލޭސާބަކަށް ގިނަ މަސައްކަތްތަކެއް ކުރައްވާ އިޔާޒަށް ފުރައްސާރަކޮށް، ދިމާކޮށްލީ މަޖިލީދީމަގު، ސޯޝަލް ސެންޓަރު ކައިރިންނެވެ.

އެއްވުމުގެ ބައިވެރިވިން ތިބި ސަރަހައްދުން ސައިކަލުގައި އިޔާޒު ދަނިކޮށް އޭނާ އަށް ހުރަސްއަޅަން މަސައްކަތް ކުރީ އިދިކޮޅަށް ނިސްބަތްވާ އަންހެނުން ސަޕޯޓަރުން ތަކެކެވެ. އެގޮތުން އިޔާޒުގެ ސައިކަލުގެ ފަހަތުން އެމީހުން ދުވެފައިވާއިރު ހަޑި ހުތުރު އެއްޗެހި ވެސް އިޔާޒްއާ ދިމާލަށް ކިޔާފައިވެ އެވެ. އިޔާޒު ވަނީ ބާރު ސްޕީޑެއްގައި އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

އިޔާޒަކީ އަބަދު ވެސް ކުރީގެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް