ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖައާކުރައްވައި، އިތުރު އިނާޔަތްތަކެއް ތައާރަފްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުމާއި ގުޅިގެން އެ ފަރާތްތަކަށް މަދުވެގެން 3،000 ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
މިއީ ކުރިން ސަރުކާރުން ދެމުން އައި 2،000 ރުފިޔާއަށް ވުރެ 50 އިންސައްތަ އިތުރުވުމެކެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް އައްޒާމް ވަޖީހް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ފަރާތްތަކަށްވެސް އެންމެ މަދުވެގެން 3،000 ރުފިޔާ ލިބޭނެ ކަމަށެވެ.
އައްޒާމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަ ވެފައިވާ މީހުންގެ ތެރެއިން 42 އިންސައްތަ މީހުންނަށް 3000 ރުފިޔާ ލިބޭނެކަމަށާއި 58 އިންސައްތަ މީހުންނަށް 3،000 ރުފިޔާއަށް ވުރެ އިތުރަށް ލިބޭނެ ކަމަށެވެ.
ރައީސް ސޯލިހު ނިންމެވި ނިންމެވުމާއި ގުޅިގެން ސަރުކާރުން ވަނީ އިތުރު ތިން އިނާޔަތެއް ތައާރަފްކޮށްފަ އެވެ.
އަލަށް ތައާރަފް ކުރި ތިން އިނާޔަތް:
ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވްންސަށް ގެނައި ބަދަލަށް މި މަހުން ފެށިގެން އަމަލު ކުރަން ފަށާނެކަމަށް އައްޒާމް ވިދާޅުވި އެވެ.
މީގެ އިތުރުން މި އެލަވްންސްއަށް ގެނައި ބަދަލާއިއެކު ބައެއް ފަރާތްތަކަށް 6،000 ރުފިޔާއާއި ހަމައަށްވެސް ރުފިޔާ ލިބޭނެކަމަށް ސަރުކާރުން މައުލޫމާތުދެ އެވެ.