ads
ސަރުކާރުގެ ކޯލިޝަންތެރޭ ދެމިއޮތުމަށް އަދާލަތާ އެމްޑީއޭއިން ވަނ\ީ ނިންމާފައި
ރިޔާސީ ކެމްޕޭން: ކޯލިޝަން ޕާޓީތަކާ ރައީސް ބައްދަލު ކުރައްވައިފި
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނުކުންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޯލިޝަނަް ޕާޓީތައް ކަމަށްވާ އެމްޑީއޭ އާއި އަދާލަތު ޕާޓީއާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ވުމުގައި އެމްޑީއޭގެ އިސް ބޭފުޅުންނާއި، އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އާ ރައީސް ސޯލިހު ބައްދަލު ކުރެއްވީ މުލިއާގޭގައެވެ.

ރައީގެ ކެމްޕޭން ފައްޓަވަން ނިންމާފައިވަނީ، މިމަހުގެ ފަހުކޮޅު ، ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ބޭފުޅުންނާ އެކުއެވެ.

އެމްޑީއޭއިން ބުނީ މިހާތަނަށް ކޯލިޝަން އެއްބަސްވުން ހަދާފައި ނުވާ ކަމަށާއި އެހެންނަމަވެސް ތިންޕާޓީ އެކުގައި ރައްޔިތުންނާ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

މެންބަރުން ހަމަނުވެގެން ދާދިފަހުން އިލެކްޝަންސް ކޮމިޝަނުން އުވާލި ރައީސް މައުމޫގެ އެމްއާރުއެމް އަށްވެސް އެމްޑީޕީ ކޯލިޝަނުގައި ބައިވެރިވުމަށް ވަނީ ދައުވަތު ދީފައެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރާނީ ވަކިންނެވެ. އެޕާޓީން ބުނީ އެޕާޓީން އޮންނާނީ ރައްޔިތުންގެ ކޮޅުގައި ކަމަށެވެ.

ރައީސް ސޯލިހު ދެވަނަ ދައުރަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާއެކު ރައީސް ޏަޝީދު ފަޅީގައި ތިއްބެވި ބޭފުޅުން ވަނީ ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް 3500 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައެވެ. 

އެ ފޯމްތައް ރައީސް އޮފީސް މެދުވެރި ވެގެން ލީކު ވެފައިވާ ކަމަށް ދަ ޑިމޮކްރެޓްސްއިން ތުހުމަތު ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް