ads
ޕޮލެންޑުގެ ފަތުރުވެރި އަވަށެއްކަމަށްވާ
ޕޮލެންޑުގެ "ނާމާން" މަގެއްގެ ނަން ބަދަލުކޮށްފި
ޕޮލެންޑުގެ މަޝްހޫރު ބަސް ރޫޓެއް ކަމަށްވާ "ބަސް ރޫޓު 666" އަކީ ޝައިތާނާއާއި ގުޅުންހުރި ނަމެއްކަމަށް ބުނެ އެ ގައުމުގެ ދީނާ ޖަމާއަތަކުން މައްސަލަޖެއްސުމުން އެ މަގުގެ ނަން "ބަސްރޫޓު 669" އަށް ބަދަލުކުރަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

ޕޮލެންޑްގެ އުތުރުގައި ފަތުރުވެރިކަމަށް މަޝްހޫރު "ހެލް" ކިޔާ އަވަށަކަށް ދާން އޮންނަ މަޝްހޫރު "ބަސް ރޫޓް 666" އޮޕަރޭޓް ކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، ފާއިތުވި އަހަރުތަކުގައި ބަސް ރޫޓުގެ ނަމުގައި އިންނަ 666 ނަންބަރަކީ ޝައިތާނީ ދީން ކުރިއަރުވާ ނަންބަރެއް ކަމަށް ބުނެ ބޮޑު ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ. 

އެ ޝަކުވާތަކާ ގުޅިގެން ބަސް ކުންފުނި ޕީކޭއެސް ގްޑިނިއާ އިން ވަނީ ބަސް ރޫޓުގެ އަދަދު 666 އިން 669 އަށް ބަދަލުކުރާނެ ކަމަށް އިއުލާންކޮށް، މި ބަދަލަށް އަމަލުކުރަން ފަށާނީ މި ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ.

މި ބަދަލަށް ވަނީ ތަފާތު ރިއެކްޝަންތަކެއް ލިބިފައެވެ. މި ބަދަލަކީ ރަނގަޅު މިސްރާބަށް އެޅި ފިޔަވަޅެއް ކަމަށް ބުނެ ބައެއް މީހުން ވަނީ މި ބަދަލަށް މަރުހަބާ ކިޔާފައެވެ. އަނެއް ބަޔަކު ވަނީ މި ބަދަލަށް ފާޑުކިޔައި، މިއީ ދީނީ ހަރުކަށި ފިކުރުގެ މީހުންނަށް އެއްބާރުލުން ދޭން ކުރި ކަމެއްކަމަށް ބުނެފައެވެ.

ޕޮލެންޑަކީ ނަސޯރާ ދީނުގެ މީހުން ގިނައިން އުޅޭ ގައުމެއް ނަމަވެސް އެއީ ސެކިއުލާ ގައުމެކެވެ. ދީނީ އަގީދާއަށް ބެލުމެއްނެތި، ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަކީ އެގައުމުގެ ސަރުކާރުގެ ޒިންމާއެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް