ads
ސްކޫލު ކުދިންތަކެއް ބެލެނެވެރިންނާއި އެކު---ފޮޓޯ:އައްޑޫ ލައިވް
ބޮޑު ޗުއްޓީއަށް ބަދަލު ގެނައީ ޓީޗާސް އެސޯސިއޭޝަންގެ ހިޔާލު ނުހޯދާ
ބޮޑު ޗުއްޓީއަށް ބަދަލު ގެނައީ ޓީޗާސް އެސޯސިއޭޝަންގެ ހިޔާލު ނުހޯދާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.
Advertisement
ބޮޑު ޗުއްޓީއަށް ބަދަލު ގެނައީ ޓީޗާސް އެސޯސިއޭޝަންގެ ހިޔާލު ނުހޯދާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ސީއެންއެމްއަށް މައުލުމާތު ދެމުން ޓީޗާސް އެއޯސިއޭޝަނުގެ ރައީސް އާތިފު އަބްދުލް ހަކީމް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން އެހާބޮޑު ނިންމުމެއް ނިންމިއިރު އެ އެސޯސިއޭޝަނާ މަޝްވަރާ ކޮށްފައި ވެސް ނުވާކަމަށެވެ.

"މިހާބޮޑު ނިންމުމެއް ނިމިގެންދާއިރު މިކަހަލަ ސިޔާސަތު ތަކެއް މިހެން ކަނޑައެޅިގެންދާއިރު އަޅުގަނޑުމެން ގަބޫލުކުރަނީ އެދާއިރާގައި ހިމެނޭ ސްޓޭޓް ހޯލްޑާސް، ހާއްސަކޮށް އެންޖީއޯތައް ހުރެއްޖެ ނަމަ އެފަރާތްތަކުގެ މަޝްވަރާ ހޯދުމަކީ އެއީ މިކަހަލަ ކަމެއް ކުރުމުގައި އެއުސާލަކަށް ނުވަތަ ކަމަކަށް އިތުރު ފުރިހަމަ ވެގެންދާނެ ކަމެއް ކަމަށް ގަބޫލުކުރަނީ"އާތިފު ވިދާޅުވިއެވެ.

އާތިފު ވިދާޅުވީ ބަދަލެއް ނުގެނާހެއް އެއިން ނިކުންނާނެ ނަތީޖާތަކެއް ވެސް ނޭނގޭނެ ކަމަށެވެ. އަދި މިނިސްޓްރީގެ ސިޔާސަތަކީ ނުވަތަ ސަރުކާރުގެ ސިޔާސަތަކީ ބަދަލު ގެނައުން ކަމަށްވާނަމަ އެއީ މައްސަލައެއް ނޫން ކަމަށް އާތިފު ވިދާޅުވިއެވެ.

އޭގެ އިތުރުން ޓުއަރިޒަމް ސެކްޓާގެ މީހުންނަށް ރަނގަޅު ގޮތް ވުމަކީ، އޭބޭފުޅުންގެ އާއިލާތަކާ އެކު ވަގުތު ހޭދަވާނެ ގޮތެއް ވުމަކީ ބޭނުންވާގޮތެއް ކަމަށާއި ދިވެހި ރައްޔިތުން ބޮޑަށް ބޭނުންވަނީ އެގޮތްކަމަށްވާނަމަ އެކަމަށް އިންކާރު ކުރާކަށް ނެތިން ކަމަށް އާތިފު ވިދާޅުވިއެވެ.

"ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް، ގައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް ކުރެވޭ ކޮންމެ ކަމަކަށް އަޅުގަނޑުމެން މަރުހަބާ ކިޔާނަން" އާތިފު ވިދާޅުވިއެވެ.

އެޑިއުކޭޝަނުން ބުނީ އަންނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖޫން މަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް އަހަރީ ޗުއްޓީގެ ގޮތުގައި ހިމަނާފައިވާ ކަމަށެވެ.

އޭގެ އިތުރުން ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އަހަރީ ބޮޑު ޗުއްޓީ ބަދަލުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެބަދަލު އެޑިއުކޭޝަނުން ގެނައީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިސްކަން ދީގެންނެވެ.

އެކަމާ ގުޅިގެން ބައެއް ދަރިވަރުން އަދި ޓީޗަރުން ވެސް ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. ސަބަބަކަށް ވަނީ ޗުއްޓީގެ ގޮތުގައި ލިބުނު ވަރު މަދު ކަމުންނެވެ. ގިނަބަޔަކު ބުނާ ގޮތުގައި މިހާރުވެސް އަހަރެއްގެ ތެރޭގައި މަދުވެގެން ދެ ފަހަރު މިޑްޓާމް ޗުއްޓީ ލިބޭއިރު އެއިން ކޮންމެ ޗުއްޓީއެއްގައި މަދުވެގެން ހަފްތާއެއް ލިބޭތީއެވެ.

އޭގެ އިތުރުން މިހާރު އެޑިއުކޭޝަނުން ގެނައި ބަދަލާއި އެކުގައި އަހަރީ ޗުއްޓީގެ ފުރަތަމަ ބުރުގައި ލިބެނީ 10 ދުވަސް ކަމުން އެކަމުގައި މާބޮޑު ފަރަގެއް ނެތް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންދެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް